ނަޝީދު ވެރިކަމުގައި އައްޑޫއަށް ކޮށްދިން ކަންކަމަށް ރައީސްގެ ފާޑުކިޔުން

ރައީސް، ފޭދޫގެ އެމްޑީޕީ މެންބަރުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަނީ--- ފޮޓޯ: އެމްޑީޕީ

ރައީސް، ފޭދޫގެ އެމްޑީޕީ މެންބަރުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަނީ--- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ރަށުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އައްޑޫ ސިޓީ ތަރައްގީ ނުވެ މި ރާއްޖެ ތަރައްގީނުވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފަ އެވެ.

"އައްޑޫ ރައްޔިތުންނަކީ ސިޔާސީ ވިސްނުމާއި ތަރައްގީގެ ވިސްނުން ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ބައެއް، މިއީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ވާހަކަ އައްޑޫ ސިޓީ ރައްޔިތުންނަށް ދެކެވެން ފެށީ މި ސަރުކާރު އައި ފަހުން ކަމަށެވެ.

"ކުރީ ސަރުކާރުން އެބަހުރި ޕްރޮޖެކްޓުތައް ހިންގަން އުޅެފައި، މި ސިޓީގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ނަމުގައި ކަންތައްތަކެއް ހިނގި، އެހެންނަމަވެސް ކިހިނެއްތޯވީ، ކިތައް އަހަރު އެކަމުގައި ހޭދަކުރަން ޖެހުނުތޯ،" ނަޝީދު ވެރިކަމުގައި ފެށި އެ މަޝްރޫއަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.

އައްޑޫގައި ދަތުރުފަތުރުގެ ނިޒާމު ފަށަން ނަޝީދުގެ ވެރިކަމުގައި ކުރި މަސައްކަތަށް ވެސް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އެކަން ވެސް ވީ ސަރުކާރަށް ބޮޑު ބުރައެއް އުފުލަން ޖެހުނު "ސަކަރާތްގަނޑަކަށް" ކަމަށެވެ.

"ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅު ރަށެއް ލިބޭ، ބަހަމުން ދިޔައީ، ބަހަމުން ދިޔައީ، ބޮޑު ސަކަރާތްގަނޑެއް، އެކަމުން އަޅުގަނޑުމެން ސަލާމަތް ނުވެވިގެން މިއުޅެނީ، އެތައް މިލިއަން ރުފިޔާއެއް އެބަ ޑިމާންޑުކުރޭ،" އެކަން ކުރާނެ ގޮތަކާމެދު ސުވާލު އުފައްދަވަމުން ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން އައްޑޫ ސިޓީގެ މަގު ހެދުމުގެ ކަންކަން ކުރިއަށް ގެންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ ސާކް ސަމިޓާ ދިމާކޮށް ނަޝީދުގެ ވެރިކަމުގައި ގަސްތައް ކަނޑައިގެން މަގުތައް ހަދާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ކުރީ ސަރުކާރަށް ފާޑުވިދާޅުވަމުން ދެން ރައީސް ފާހަގަކުރެއްވީ 2009 ވަނަ އަހަރު ތެރޭގައި ކުރިމަތިވި އިގްތިސޯދީ ގޮންޖެހުމުގައި ސަރުކާރުން އަމަލު ކުރި ގޮތަށެވެ.

"ސިވިލް ސާވިސްގެ މުސާރަ ކުޑަކުރީ، މުވައްޒަފުން މަދުކުރީ، ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށް ވުމުގެ ސަބަބުން އެތައް ހާލެއްގައި އުޅެން ޖެހުނު ރައްޔިތުން، ސަރުކާރެއްގެ ޒިންމާއަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން،" ފާޑުވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.

އެ ދުވަހާ ކޮވިޑުގެ ހާލަތާ އަޅާ ކިޔުއްވަމުން ރައީސް ވަނީ މި ސަރުކާރުން ވާނީ އެ ހާލަތުން އަރައިގަތުމުގައި ނަމޫނާ ދައްކާފައިކަން ފާހަގަކުރައްވާފަ އެވެ.

އަދި، އިގުތިސޯދީ ގޮންޖެހުންތައް އަދިވެސް ހުރިކަން ފާހަގަކުރައްވައި އެކަމުން އޭރު ވެރިކަމުގައި ތިބި މީހުންނަށް އަރައި ނުގަނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ގޮންޖެހުންތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނީ މިފަދަ ވިސްނުމެއްގައި މިހާރު މިކަން ކުރާ ގޮތަށް ކުރާ ބަޔަކު ސަރުކާރުގައި ތިބެގެން، އެއިރު އެކުރި ގޮތަށް ކަން ކުރާ ބަޔަކު ތިބެގެންނެއް އަޅުގަނޑު ގަބޫލެއް ނުކުރަން މި ރާއްޖެ ސަލާމަތް ކުރެވޭނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ދެ ވެރިކަމުގައި ތިއްބެވި ރައީސުންނެވެ. ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ރައްދުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox