ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލަން އައްޑޫ ރައްޔިތުންގެ ލަފާއަށް ރައީސް އެދިއްޖެ

ފޭދޫ މެންބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ؛ ވިދާޅުވީ ރައްޔިތުން އެދޭނަމަ ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލާނެ ކަމަށް-- ފޮޓީ: އެމްޑީޕީ

ފޭދޫ މެންބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ؛ ވިދާޅުވީ ރައްޔިތުން އެދޭނަމަ ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލާނެ ކަމަށް-- ފޮޓީ: އެމްޑީޕީ

އައްޑޫ ރައްޔިތުން އެދޭނަމަ ޝަންގްރިއްލާ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓު ހިއްސާ ދޫކޮށްލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެެ.

އައްޑޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ބަންދުކުރީ ކޮވިޑުން ލިބުނު ގެއްލުމުން އަރައި ނުގަނެވިގެން ކަމަށް ބުނި އޮގަސްޓު 20، 2020 ގަ އެވެ. އޭގެ ކުރިން ވެސް ގެއްލުމުގައި ހިންގަމުން އަންނަ އެ ރިސޯޓު ބަންދުކުރުމުން އެތަނުގައި ވަޒީފާ އަދާކުރާ 500 ވަރަކަށް މީހުންގެ ވަޒީފާ ގެއްލުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މި ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގްކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގާ ކުންފުންޏެކެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރި 284 އެނދުގެ ރިސޯޓަކީ އެހާތަނަށް ރާއްޖޭގެ އެންމެ އަގު ބޮޑު ރިސޯޓެވެ.

ޝަންގްރިއްލާ ވިލިގިއްޔަކީ އައްޑޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓު އަދި ސަރުކާރާއި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީކޮށް ހުޅުވި ފުރަތަމަ ރިސޯޓު ވެސް މެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައި އޮތް އެއް ކަމަކީ ޝަންގްރިއްލާގެ މަސައްކަތް ކަމަށެވެ.

"ސަރުކާރުގެ ހިއްސާއަކާއެކު އޭރު ސަރުކާރުގެ ވަކި ބަޔަކާއެކު ހެދި ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން އެ މަސައްކަތް ފަށައިގެން، އެއްވެސް ސަރުކާރަކުން މިހާތަނަށް އައިރު އެތަނަށް ވާނުވާ ބަލަމަކުން ނޫން އައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިސޯޓުގެ އޮޕަރޭޝަން ހުއްޓި، އެތަނަށް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާގެ ގެއްލުން ވަމުން އަންނަ ކަމަށާއި އެފަދަ ޖޮއިންޓް ވެންޗާއެއްގެ ބައިވެރިވުން އޮވެގެން ރިސޯޓު ހިންގޭނެ ކަމަށް ނުދެކޭ ކަމަށެވެ.

"ސަރުކާރުގެ ހިއްސާ ދޫކޮށްލެވޭނީ ކިހިނެއްތޯ ބަލައި ހޯދައި، ގާނޫނަށް ގެންނަން ޖެހޭ ބަދަލު މިހާރު ވާނީ ގެނެސްފަައި، ހިއްސާ ދޫކޮށްލުމަށް ބެލިއިރުގައި މި ވޭތުވެދިޔަ ތަނުގައި ކުންފުނި ހޯދާފައި އޮތީ ގެއްލުމުގައި،" ޝަންގްރިއްލާ ހުޅުވުމަށް ކުރެވުނު މަސައްކަތްތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް ހިއްސާ ދޫކޮށްލަން ބެލިއިރު، ސަރުކާރުގެ ހިއްސާ އޮތީ ނެގަޓިވް ކޮށް ކަމަށާއި ދޫކޮށްލާނަމަ 70 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ޓޫރިޒަމް ގާނޫނު އޮތް ގޮތުން ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓު ޖޮއިންޓް ވެންޗާތަކުގެ ހިއްސާ ދޫކޮށްލެވޭނީ ކުއްޔަށް ދޫކޮށްފައިވާ ރަށް ނޫނީ ބިން ނުވަތަ ފަޅުތަކުގެ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އަގުކޮށްފަ އެވެ. އަގު ކުރަނީ އެ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ކޮންމެ އިންސައްތައަކަށް ފަސް ޑޮލަރު މަގުންނެވެ.

ރައީސް ފޭދޫ އެމްޑީޕީ މެންބަރުންނާއެކު؛ މި ރަށުން ރައީސަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި--- ފޮޓޯ: އެމްޑީޕީ
ރައީސް ފޭދޫ އެމްޑީޕީ މެންބަރުންނާއެކު؛ މި ރަށުން ރައީސަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި--- ފޮޓޯ: އެމްޑީޕީ

ރައީސް ފޭދޫ އެމްޑީޕީ މެންބަރުންނާއެކު؛ މި ރަށުން ރައީސަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި--- ފޮޓޯ: އެމްޑީޕީ

ޝަންގްރިއްލާ ހުޅުވެން ދެން އޮތް ހަމައެކަނި ގޮތަކީ ސަރުކާރުގެ ހިއްސާއާއި ދަރަނި އަޅާ ކަނޑާފައި އައްޑޫ އިންވެސްޓްމަންޓްސް ކުންފުންޏަށް ރިސޯޓު ހިލޭ ދިނުން ކަމުގައި ރައީސް ވިދާޅުވި އެވެ.

ކުންފުންޏަށް ރިސޯޓު ދޫކޮށްލިޔަސް މި ހިސާބަށް މި މައްސަލަ ބޮޑުވުމުގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު ވެސް އަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިބޭފުޅުން އެގޮތަށް ގަބޫލުކަމަށް ވަންޏާ ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލާ އެފަދަ އިހުމާލެއްވީ ބަޔަކު ހޯދައި އެބަޔަކާ ދޭތެރޭގައި އަޅުގަނޑުމެން ޖެހޭނެ ފިޔަވަޅު އަޅަން،" ފޭދޫގެ އެތައް ސަތޭކަ ރައްޔިތުންނަކާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އައްޑޫގެ ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.

ކެމްޕެއިނަށް ރައީސް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ފޭދޫއަށް ވަޑައިގަތުމުން މި ރަށުގެ އެމްޑީޕީގެ މެންބަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސް މި ރަށަށް ވަޑައިގެންނެވިއިރު އިދިކޮޅު ޕީޕިއެމް މެންބަރުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އިހުތިޖާޖުގެ ބައިވެރިން ފުލުހުން ހިފެހެއްޓިނަމަވެސް، ބައެއް ބައިވެރިން ވަނީ ސަފުތައް ފޫއަޅުވާ އެތެރެއަށް ވަނުމަށް މަަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox