ފިޔޯރީ ސްކޫލުގެ ކިޔެވުން މެދުކަނޑާނުލައި ކުރިއަށްގެންދާނެ: އެޑިއުކޭޝަން

ފިޔޯރީ ސްކޫލުގައި ރޯވެ އަނދަމުން ދިޔަ އަލިފާންގަނޑު މިހާރު ވަރަށް ބޮޑަށް ކޮންްޓްރޯލުކުރެވިއްޖެ؛ މިނިސްޓްރީން ބުނީ ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް..

ފިޔޯރީ ސްކޫލުގައި ރޯވެ އަނދަމުން ދިޔަ އަލިފާންގަނޑު މިހާރު ވަރަށް ބޮޑަށް ކޮންްޓްރޯލުކުރެވިއްޖެ؛ މިނިސްޓްރީން ބުނީ ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް..

ގދ. ފިޔޯރީ ސްކޫލުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވީ ނަމަވެސް މަސައްކަތް ކުރަނީ ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީންް ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް ސްކޫލު މެނޭޖްމެންޓާއި ގުޅިގެން މަސައްކަތްް ކުރާ ކަމަަށެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެ ސްކޫލުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު ފަހެއް ޖެހި އިރު ކަމަށެވެ. މި ހާދިސާގެ ސަބަބުންް ސްކޫލުގެ އެއްވެސް މުވައްޒަފަކަށް އަދި އެއްވެސް ކުއްޖަކަށް އަނިޔާވެފައި ނުވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

Advertisement

އަލިފާން ރޯވެފައި ވަނީ ސްކޫލުގެ ބައު އިމާރާތުގަ އެވެ. އެ އިމާރާތަކީ ސެންް ކްލާހާއި އާންމު ތިންް ކްލާސްރޫމު އަދި ގުދަން ވެސް ހިންގަމުންް ދިޔަ އިމާރާތެވެ.

އެ ސްކޫލް ހިންްގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އިގްބާލް "އަދަދު"އަށް ވިދާޅުވީ މި ހާދިސާގައި ސްކޫލްްގެ ބައު އިމާރާތް ބޭނުން ނުކުރެވޭ މިންވަރަށް އަނދައިގެން ގޮސްފައިވާކަމަށެވެ. އަދި އެއް ދަންފަޅިއަށް މިހާރު ކިޔަވައިދެމުން އައި ނަމަވެސް މި ހާދިސާއާ ގުޅިގެން ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރުމަށް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ރޯވި އަލިފާންގަނޑު ކޮންްޓްރޯލް ކުރެވުނީ މުޅި އިމާރާތްް އެކީ އަނދައިގެން ދިޔަ ފަހުންނެވެ. ނަމަވެސް, ސްކޫލުގެ އިތުރު އިމާރާތަކަށް އަސަރު ނުކުރާކަމަށް ވެސް އިގުބާލް ވަނީ މައުލޫމާތު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox