ބޮޑުތަކުރުފާނު މަގުގައި ބޮޑެތި ވަޅުގަނޑުތައް، ރަނގަޅު ކުރާނެ ފައިސާއެއް ނެތް!

ބޭރުމަގުގައި ހުރި ވަޅުގަނޑެއް؛ ސިޓީ ކައުންސިލުން ބުނީ މިމަގުތައް މަރާމާރުކުރަން ބަޖެޓު ނެތްކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބޭރުމަގުގައި ހުރި ވަޅުގަނޑެއް؛ ސިޓީ ކައުންސިލުން ބުނީ މިމަގުތައް މަރާމާރުކުރަން ބަޖެޓު ނެތްކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭގެ ވަށައިގެން އޮންނަ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނު މަގަކީ ދުވާލެއްގެ މައްޗަށް އެތައް ބަޔަކު އެމަގުން ދަތުރުކުރާ މަގެކެވެ. 2018 ވަނަ އަހަރު ތެރޭގައި ހުޅުވި ސިނަމާލެ ބްރިޖާއި ގުޅިފައިވާ މަގުތައް ތަރައްގީކުރުމުގެ މަޝްރުއޫގެ ތެރެއިން ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާ ހުޅުވާލިތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ހުޅުވާލިތާ އަދި މާ ގިނަ އަހަރުތަކެއް ނުވި ނަމަވެސް އެމަގުގެ ބައެއް ސަރަހައްދުތަކުގައި އޮތީ ބޮޑެތި ވަޅުގަނޑުތަކެއް ހެދިފަ އެވެ. ވަޅުގަނޑުތަކުގެ ކައިރިފަތް، ބޯވެފައި ފުނެވެ. މިއީ އެ މަގުގައި ދުއްވާ މީހުންނަށް އެކަމުގެ ސަބަބުުން ނުރައްކާތަކެއް ކުރިމަތިވެދާނެ މައްސަލައެކެވެ.

"ވަޅުތައް ފެނޭ، އެކަމަކު ބަޖެޓެއް ނެތް"

މާލޭގެ މަގުތަކަށް ދިމާވާ މިފަދަ މައްސަލަތައް ހަައްލުކުރުން އޮންނަނީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް ވިދާޅުވީ، ބޭރު މަގުގައި ވަޅުތައް ހުރި ނަމަވެސް އެމަގު މަރާމާތުކުރުމަށް ސިޓީ ކައުންސިލްގެ މާލީ ތަނަވަސްކަން ނެތް ކަމަށެވެ.

"ކުދި ކުދި މަރާމާތު ކުރުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް. އަޅުގަނޑުމެން އަތަަކު ނުހުރޭ އެހާ ރިސޯސަސްއެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މަގުތަކުގައި ޖަހާ ގަލަކީ ވެސް ވަކިވަކިން ބޭރުން ހައްދައިގެން ގެންނަ ނަމަ ވަރަށް އަަގުބޮޑު އެއްޗެއް ކަމަށާއި މިހާރު މާލޭގެ އެހެނިހެން މަގުތަކުގައި ހެދިފައި ހުންނަ ޕޮޓްހޯލްތައް ރަނގަޅުކުރުމަށް ވެސް ބޭނުންކުރަނީ ސިޓީ ކައުންސިލުގައި ހުރި ބައު ގާތަކެއް ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެ ކައުންސިލުން މަރާމާތުކުރާ ތަންތަން ނުފެންނަނީ މަގުތަކުގައި ހުންނަ ވަޅުތައް ގިނަކަމުން ކަމަށާއި އެކައުންސިލުގެ ބެލުމުގެ ދަށުން ވެސް ގިނަ ތަަންތަން ރަނގަޅު ކުރެވިއްޖެ ކަމަށެވެ.

މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި މާލޭގެ މަގުތަކަށް ދާއިމީ ހައްލެއް ގެނައުމަށް އެންމެ މުހިންމު ކަމަކީ ކުރިން ސިޓީ ކައުންސިލުން ހިންގިހެން މަގު ހެދުމުގެ މަޝްރޫތައް ހިންގުމުގެ ބާރު އަނެއްކާވެސް އެކައުންސިލަށް ދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox