ހުލާސާކޮށް އިއްޔެ: ކެމްޕޭނު ކުރުމާގުޅޭ ގޮތުން ރައީސްގެ އިލްތިމާސް

Jan 6, 2023, 1:34 AM
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލިފުށީގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލިފުށީގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކެމްޕޭން ކުރާއިރު އެމްޑީޕީގެ ދެ ފަޅިން ވެސް ވިސްނަންވީ ކޮންމެ ގޮތަކަށް ނަތީޖާ ނިމުނު ނަމަވެސް, ފަހުން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވި އެވެ.

ރ. އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށު އެމްޑީޕީ މެންބަރުންނާއެކު ބޭއްވި ޖަަގަހަ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ޕްރައިމަރީގެ ކެމްޕޭނުގެ ހަރަކާތްތައް ކުރިއަަށް ގެންދާއިރު އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ އެއީ ޕާޓީގެ ތެރޭގެ އިންތިހާބެއް ކަން ކަމަށެވެ. އަދި އެމްޑީޕީއަކީ ފިކުރު ތަފާތުވީ ނަމަވެސް އެއް ބައެއް ކަމެވެ.

"ދެ ކެންޑިޑޭޓަކު ކުރިމަތިލައިގެން އުޅޭއިރުގައި ހުންނާނެ ހިޔާލު ތަފާތުވުންތައް. ބައެެއް މެންބަރުން ތިބެދާނެ އަޅުގަނޑަށް ތާއީދު ނުކުރާ. އަަދި ބައެއް ބޭފުޅުން ތިއްބަވާނެ އަނެއް ކެނޮޑިޑޭޓަށް [ރައީސް ނަޝީދަށް] ތާއިދު ނުކުރާވެސް. އެހެން ނަމަަވެސް ޕްރައިމަރީ ނިމުމާ އެކީގައި، މިއީ އަޅުގަނޑުމެން އެކީގައި އެއް މިސްރާބަކަށް ކުރިއަށް އޮތް ތަނުގަައި ދާންޖެހޭ ބައެއްކަން ގަބޫލުކޮށްގެން އަަޅުގަނޑުމެން މި ޕްރައިމަރީގެ ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ," ރައީސް ސޯލިހް ވިދާާޅުވި އެވެ.

އެ މަނިކުފާނު ވިދާާޅުވީ އެމްޑީޕީގެ ޕްރައިމަރީއެއް ބޭއްވުމަަކީ "ދެކެން ބޭނުންވި ތަނެއް ނޫން" ކަމަށެވެ. އުންމީދުކުރެއްވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަމަށެވެ. ވާދަވެރި ޕްރައިމަރީއަކަަށް ތައްޔާރުވަމުން އަންނަކަމުން ދައްކުވައިދެނީ އެމްޑީޕީއަކީ ތަފާތު ފިކުރުތަކަށް ވެސް ޖާގަދޭ މިނިވަން ޕާޓީއެއްގެ ގޮތުގާ އެމަނިކުފާނު ސިފަކުރެއްވި އެވެ.

"މި ޕްރައިމަރީން ކާމިޔާބުވާނެ ކަމުގެ ސަތޭކަ ޕަސެންޓު ޔަގީންކަން އެބަ އޮތް," ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ބާއްވާ ޕްރައިމަރީ އިންތިހާބުގައި ވާދަކުރުމަށް ރައީސް މުހައްމަަދު ނަޝީދާއި ރައީސް ސޯލިހް ނުކުންނަވާފައިވާާއިރު، އެ ޕާޓީގެ ތެރޭގައި ކެމްޕޭނުގެ ފޯރި ވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މުހިންމު ބައެއް ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

މި އަހަރުގެ ތެރޭގައި ރ. އަލިފުއްޓަށް ފްލައިޓް ޖައްސާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި އެވެ.

މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީން 130 އަށްވުރެ ގިން ޕްރޮޖެކްޓް ނިންމާފައިވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ ވިދާޅުވި އެވެ.

މިހާރު ސްކޫލްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއް ދަންފަޅިއަކަށް ކިޔެވުން ބަދަލު ނުވެ އޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވި އެވެ،

އަދަދު ނޫހަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، ޖެނުއަރީ 2008 އިން ފެށިގެން މެއި 2022 އާ ދެމެދު އެކި ފަހަރު މަތިން ނިޒާމު ހައްޔަރުކޮށްފައިވެ އެވެ. އެއީ މުޅިން ވެސް މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަމުގެ މައްސަލަތަކުގަ އެވެ. އެންމެ ފަހުން އޭނާ ހައްޔަރުކުރީ މަރުގެ މައްސަލައިގަ އެވެ. އޭނާގެ ކުށުގެ ރެކޯޑުގެ މައުލޫމާތު ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

މި ދަފުތަރުން ކޮށްދޭނެ އެންމެ މުހިންމު ކަމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ތައްޔާރުކުރެވިގެން ދިޔުން. އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން، ވަކި ކެޓަގަރީތަކަކަށް ބަހާލެވިގެންދާނެ. އޭރުން އެއިން ކޮންމެ މީހެއްގެ ހާލަތު ވަކިން ފާހަގަކުރެވޭނެ. އަދި ކޮންމެ މީހަކަށް ބޭނުންވާނެ އެހީތެރިކަމާއި، އެހީ ދޭންޖެހޭނެ މިންވަރާއި، ދޭންޖެހޭނެ ހިދުމަތްތައްވެސް މި ދަފްތަރުން ކަނޑައެޅި ފާހަގަވެގެންދާނެ."

ދުވަހުގެ ފޮޓޯ

އައިލެންޑް އޭވިއޭޝަނަށް އަލަށް ގެނައި އޭޓީއާރު ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި އޮތްއިރު ފަހަތުން ވާރޭ ދުންޏެއް އުފެދިފައި.. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އައިލެންޑް އޭވިއޭޝަނަށް އަލަށް ގެނައި އޭޓީއާރު ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި އޮތްއިރު ފަހަތުން ވާރޭ ދުންޏެއް އުފެދިފައި.. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އައިލެންޑް އޭވިއޭޝަނަށް އަލަށް ގެނައި އޭޓީއާރު ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި އޮތްއިރު ފަހަތުން ވާރޭ ދުންޏެއް އުފެދިފައި.. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox