ރައީސްގެ ކެމްޕޭނާއި އިދިކޮޅު ހަރަކާތް މިރޭ މާލޭގެ އިރުމައްޗަށް

މީގެ ކުރިން އާޓިފިޝަލް ބީޗު ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މީގެ ކުރިން އާޓިފިޝަލް ބީޗު ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެ އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން ބާއްވާ ޖަލްސާ އަދި އިދިކޮޅުން ބާއްވާ ހަރަކާތް މިރޭ އެއް ސަރަހައްދެއްގައި ބާއްވާކަން އިއުލާނުކޮށްފި އެވެ.

މިރޭގެ ދެ ހަރަކާތް ވެސް ކުރިއަށްދާނީ މާލޭގެ އިރުމަތީ ފަރާތުން އެމްޑީޕީ މައި ޖަގަހަ އަދި އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. އެގޮތުން އިދިކޮޅުގެ ހަރަކާތް މިރޭ 8:45 ގައި ފެށޭއިރު، ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 9:00 ގަ އެވެ.

މިރޭގެ ދެ ހަރަކާތުގެ ތެރެއިން ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާއަކީ ޕްރައިމަރީގެ ކެމްޕޭނުގައި މިހާތަނަށް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާ އެވެ. ކެމްޕޭނުގައި ރައީސް ނުފެނުމުގެ ސަބަބުން ދެން ޕްރައިމަރީގާ ވާދަކުރައްވާ ކެންޑިޑޭޓު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ކެމްޕޭނު ކުރައްވަނީ ޣައިރު ހާޒިރުގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ދެން ފެންނަނީ ޣައިރު ހާޒިރުގައި ކުރައްވާ ކެމްޕޭނެއް، ޣައިބުގައި ހުންނަވާ ލީޑަރެއް، ތިޔަ ބޭފުޅުން ކުރިމަތީގައި އަޅުގަނޑު ހުންނާނެ، އަޅުގަނޑު މިހާރު ވެސް މި ހުރީ ތިޔަ ބޭފުޅުންނަށް ފެންނަ ގޮތަށް،" މި މަހުގެ ދެވަނަ ދުވަހު އެމްޑީޕީގެ މައި ހަރުގޭގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ތާއިދުކުރާ ގިނަ ފަރާތްތަކުން އަންނަނީ މިރޭ އިދިކޮޅުން ބާއްވާ ހަރަކާތަކީ ރައީސްގެ ކެމްޕޭނަށް ހުރަސްއަޅާ މަސްލަހަތު ނަގާލަން ކުރާ ކަމެއް ކަމަށް ތުހުމަތުކުރަމުންނެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ މިރޭގެ ހަރަކާތަކީ ދުރާލާ ރޭވިގެން، މާލެ ސިޓީ ކައުންސިލްގެ ހުއްދައާ އެކު ބާއްވާ ޖަލްސާއެއް ކަމަށް ބުނެފަ އެވެ.

އިދިކޮޅު ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާ އެކު އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާ ގޮތެއްގައި އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ޔާމީން ޖަލަށް ލުމާ އެކު ކޮންމެ ރެއަކު މާލޭގެ މަގުތަކުގައި، ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން ދަނީ މުޒާހަރާ ކުރަމުންނެވެ. ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވާ މަނީލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވުމުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox