ޗައިނާ ފަތުރުވެރިން މޮނިޓާކުރަނީ، އަޅާނެ ފިޔަވަޅެއް އަދި ނުނިންމާ

ޗައިނާ ފަތުރުވެރިންތަކެއް؛ ބައެއް ގައުމުތަކުން ދަނީ ޗައިނާ ފަތުރުވެރިންނާމެދު ފިޔަވަޅުތަކެއް އަޅަން ނިންމާފައި -- ފޮޓޯ: ގެޓީ އިމޭޖެސް

ޗައިނާ ފަތުރުވެރިންތަކެއް؛ ބައެއް ގައުމުތަކުން ދަނީ ޗައިނާ ފަތުރުވެރިންނާމެދު ފިޔަވަޅުތަކެއް އަޅަން ނިންމާފައި -- ފޮޓޯ: ގެޓީ އިމޭޖެސް

ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންނާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންނާ މެދު ގޮތެއް ނިންމުމަށް މިއަދު ކަމާބެހޭ ފަރާތްތަކާ އެކު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފިޔަވަޅެއް އާޅާނެތޯ ނިންމާނީ އެއަށްފަހު ކަމަށެވެ. ނަމަވެސް ޗައިނާއިން އަންނަ ފަތުރުވެރިން ގާތުން މޮނިޓާ ކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ޗައިނާގައި ހަލުވި ކަމާއެކު ބަލި ފެތުރުނު ނަމަވެސް އެކަށީގެންވާ ފިޔަވަޅުތައް ނާޅާތީ، ގިނަ ގައުމުތަކުން ވަނީ ޗައިނާއިން އަންނަ ފަތުރުވެރިންނާ މެދު ފިޔަވަޅު އަޅަން ނިންމާފަ އެވެ. ޗައިނާއިން ކޮވިޑްގެ ތަފާތު ވޭރިއެންޓުތައް ފެތުރިދާނެ ކަމުގެ ބިރާ އެކު އެމެރިކާ، ކެނެޑާ އަދި ޖަޕާން ހިމެނޭހެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ޗައިނާއިން އަންނަ ފަތުރުވެރިން ކޮވިޑް ޓެސްޓު ހަދަން މަޖުބޫރުކޮށްފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ އެކު ޗައިނާގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮތުމަށްފަހު ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހެވެ. އެގޮތުން އެ ގައުމަށް އެތެރެވާ މީހުން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު މުއްދަތު އުވާލާފައި ވެއެވެ. 2019 ވަނަ އަހަރު ކޮވިޑް އައީއްސުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮތުމަށް ދޫކޮށްލުމުން، އެ ގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ދަތުރު ކުރަން ފަށާފަ އެވެ.

ހަރުކަށި ފިޔަވަޅުތައް ދޫކޮށްލުމުން، ޗައިނާގައި ވަނީ ހަލުވި ކަމާއެކު ކޮވިޑް ފެތުރެން ފަށާފަ އެވެ. ބަލި ކޮންޓްރޯލްކުރަން ދަތި, ހަލުވި މިނެއްގައި ޗައިނާގައި ކޮވިޑް ފެތުރެމުންދާއިރު، އެ ގައުމުގެ ހޮސްޕިޓަލްތަކާއި، ސަހަރާތައް ވެސް ވަނީ ފުރިފަ އެވެ.

ނަމަވެސް އެ ގައުމުން ވަނީ ކޮވިޑް ކަމަށް ކަނޑައަޅާ މިންގަނޑަށް ބަދަލު ގެނެސްފަ އެވެ. އޭގެ ސަބަބުން، އެ ގައުމުން ރިޕޯޓުކުރާ ކޮވިޑްގެ ކޭސްތަކާއި، ކޮވިޑުގައި މަރުވާ މީހުންގެ އަދަދުތައް ގުނަނީ އިންތިހާ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox