ހުރިހާ ޝަކުވާއެއް ބަލައި، ފުރިހަމަ ވޯޓާސް ލިސްޓެއް އާންމުކުރާނެ ކަމުގެ ޔަގީންކަން ދީފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި މަހު ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ހުށަހެޅި ހުރިހާ ޝަކުވާތަކެއް ބަލައި، ފުރިހަމަ ވޯޓާސް ލިސްޓެއް އާންމުކުރާނެކަމުގެ ޔަގީންކަން އިންތިހާބާ ބެހޭ ކޮމިޓީއިން ދީފި އެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުން ހޮވި ފަސް މެމްބަރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 905 ޝަކުވާއެއް ހުށަހެޅި ކަމަށެވެ. އަދި އެ ޝަކުވާތަކަށް އެޓެންޑުވެފައިވާ ކަމަށް ވިދާޅުވެ މާދަމާ އާންމުކުރާ ވޯޓާސް ލިސްޓު ފުރިހަމަ ވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"މީގެ ތެރޭގައި އެބަ ހިމެނޭ ނިޔާވެފަވާ ފަރާތްތައް ހިމެނިގެން [ހުށަހެޅި ޝަކުވާތައް]، ދާއިރާ ބަދަލުވެގެން އެކަން ކުރުމަށް ހުށަހެޅި މައްސަލަތައް އެބަހުރި،" އިބުރޭ ވިދާޅުވި އެވެ.

ލިބުނު ޝަކުވާތަކަށް ބަލާއިރު ވޯޓާސް ލިސްޓުގައި ނަން ނެތް ކަމަށް ބުނެ 900 އެއްހާ މީހުން ޝަކުވާ ހިމެނޭ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވި އެވެ. އަދި އެ ޝަކުވާތައް ބެލިއިރު އޭގެ ތެރެއިން 683 މީހަކު އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ޕާޓީއެއްގެ ދަފުތަރުގައި ނެތް ކަމަށާއި ނަމަވެސް އޭގެ ތެރެއިން 212 މީހަކު އީސީގެ އެހެން ޕާޓީތަކުގެ ދަފުތަރުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހުށަހެޅި ހުރިހާ ޝަކުވާތަކަކަށް މިއަދު ޖަވާބުދޭން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފުތަރާއި ވޯޓާސް ލިސްޓާމެދު އެންމެ ބޮޑަށް ފާޑުވިދާޅުވަމުން އަންނަނީ ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެގޮތުން ނަޝީދު ވަނީ އެބޭފުޅާގެ ބޭބެ އަދި އަނބިކަބަލުން ހިމެނޭހެން އަރިސް އެތައް ބަޔަކު ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުގެ ތުހުމަތު ދޮގުކުރައްވާ ވަހީދު ވިދާޅުވީ ނަޝީދުގެ އަރިސް ބޭފުޅުން ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox