ޔާމީން ޖަލަށްލީ ރައީސް ސޯލިހު އިތުރު ދައުރަކަށް އިންތިހާބުކުރަން: އިދިކޮޅު

ޔާމީން ޖަލަށްލީ ރައީސް ސޯލިހު އިތުރު ދައުރަކަށް އިންތިހާބުކުރަން: އިދިކޮޅު

ޕީޕީއެމްގެ ޓިކެޓުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ސިޔާސީ ނުފޫޒުން "ހަރާން" ހުކުމެއްކޮށް ޖަލަށްލުމުގެ ބޭނުމަކީ މިވަގުތު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ކޮށި މަގެއް ކަމަށް އިދިކޮޅުން ބުނެފި އެވެ.

މީލާދީ އާ އަހަރުގެ ތަހުނިޔާ ފޮނުވައި އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ.

އިދިކޮޅުން ބުނީ 2023 ވަނަ އަހަރު ފެށިގެން އައީ ރައްޔިތުންގެ އުންމީދު ގައުމުގެ ބާނީ ރައީސް ޔާމީނަށް ހަރާން ހުކުމެއް ޖަހައި ޖަލުގެ ތޭރިތަކުގެ ތެރެއަށް ލައިގެން ކަމަށާއި، އެމަނިކުފާނަށް ހަރާމް ހުކުމެއް ޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ކޮށައިދިން މަގެއް ކަމަށެވެ.

Advertisement

އަދި މިއީ ދިވެހި ރައްޔިތުންނަށް ހިތްދަތިކަމާއި، މާޔޫސްކަމުގެ ހަތަރު އަހަރަށް އިތުރުވި ބޮޅެއް ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

"ރައްޔިތުންގެ ދިރިއުޅުމުގެ އަގުބޮޑުކޮށް، ރައްޔިތުން އަތުން އަށް ޕަސެންޓުގެ ޖީއެސްޓީ އެއް ނަގާ ތަކެތީގެ އަގުބޮޑުކުރުމުގެ އިތުރުން ރައްޔިތުން ނިކަމެތި ކުރަމުންނެވެ. މިހުރިހާ ކަމަކުން އަރައިގަނެވެން އޮތީ މިއަހަރު ރިޔާސީ އިންތިހާބުގައި އިބްރާހީމް މުހައްމަދު ސޯލިހު އާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތްތައް ބަލިކޮށް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން ކަން އެއީ ޔަގީންވާކަމެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެމަނިކުފާނު ޖަލުގައި ރަހީނުކޮށްގެން އުޅުނު ނަމަވެސް، އެމަނިކުފާނު ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއި އަޒުމާއެކު ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން ވަނީ މިވެރިކަން ބަދަލުކުރުމުގެ އަޒުމުގައި އެންމެހާ ދިވެހި ރައްޔިތުން ނުކުތުމަށްވެސް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox