ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާ ބައްދަލުކުރެވޭ އާއިލާ މީހުންގެ އަދަދު އިތުކޮށްފި އެވެ.
ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީންނާ ގުޅޭ ގަވާއިދު ކުރިން އޮތް ގޮތުން ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނާ ބައްދަލު ކުރެވޭނީ ހަމައެކަނި މަންމަ، ބައްޕަ، އަނބިމީހާ ނުވަތަ ފިރިމީހާ އާއި އެއްބަނޑު އެއްބަފާ މީހުންނާއި މާމަ އަދި ކާފަ ދަރިންނާއި މާމަ އަދި ކާފައަށެވެ.
އެހެންނަމަވެސް ކުރިން އޮތް އުސޫލު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ބޮޑު ދައްތަ އާއި ބޭބެ، އަދި އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި އެމީހުންގެ ދަރިންނާ ވެސް ގައިދީންނަށް ބައްދަލުކުރެވޭނެ އެވެ.
އޭގެ އިތުރަށް ދޮން ދަރިންނާއި ދޮން ކާފަ އަދި މާމަގެ އިތުރަށް ޝަރުއީގޮތުން ބެލެނެވެރިކަން ލިބިފައިވާ މީހުންނަށް ވެސް ގައިދީންނާ ބައްދަލުކުރެވޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.











