ވަކި މީހަކަށް ބެލުމެއް ނެތި، މާލެ ސާފުކޮށް ބާއްވާނެކަމުގެ ޔަގީންކަން ޝައުނާ ދެއްވައިފި

ޝައުނާ ވިދާޅުވީ ބަޔަކު ދައްކާ ހަރު ވާހަކަތަކަކަކް ފަރުވާލެއް ނެތް ކަމަށް، މާލެތެރެ ސާފްކޮށް ބޭއްވުމަށް ކުރަން ޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޝައުނާ ވިދާޅުވީ ބަޔަކު ދައްކާ ހަރު ވާހަކަތަކަކަކް ފަރުވާލެއް ނެތް ކަމަށް، މާލެތެރެ ސާފްކޮށް ބޭއްވުމަށް ކުރަން ޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެތެރެ ސާފުކޮށް ބޭއްވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނީ ވަކި މީހަކަށް ބެލުމެއް ނެތި ކަމަށް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސާފު ކުރުމުގެ މަސައްކަތާ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ސިޓީ ކައުންސިލުން ހަވާލުވި ފަހުން، ރަށު ތެރެ ގޮނޑުވަމުންދާތީ ޝައުނާގެ އެންގެވުމަށް ކުރިން އެ މަސައްކަތް ކުރި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން އިއްޔެ ވަނީ މާލެ ސާފު ކުރަން ނިކުމެފަ އެވެ. އެކަމާ ގުޅިގެން "އަދަދު" އާ މިއަދު ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ މާލެތެރެ ކުނިވާން ސަރުކާރުން ދޫނުކޮށްލާނެ ކަމަށެވެ.

"ދެތިން ދުވަސް މިވީ އަދި ވެމްކޯއާ އެކު އޮތް ކޮންޓްރެކްޓު ނިމުމަކަށް އައިތާ. އެފަހަކުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ސިޓީ ކައުންސިލުން މިކަން [މާލެތެރެ ސާފްކުރުމުގެ މަސައްކަތް] އެންމެ އެދެވޭ ގޮތަކަށް ކުރާތަނެއް ނުފެނޭ،" ޝައުނާ ވިދާޅުވި އެވެ.

މާލެ ސާފުކޮށް ބެލެހެއްޓުމަށް ވެމްކޯއާއެކު ހަދާފައި އޮތް އެއްބަސްވުން ސިޓީ ކައުންސިލުން އާ ނުކުރީ އަގު ބޮޑުވުމުންނާއި އެދެވޭ ގޮތެއްގައި މަސައްކަތުގެ ޒިންމާ އެ ކުންފުނިން ނުނަގާ ކަމަށް ބުނެ އެވެ. ސިޓީ ކައުންސިލުން އެ މަސައްކަތް ފެށީ 100 އެއްހާ މުވައްޒަފުންނާއެކު މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ކުއްޔަށް ނަގައިގެނެވެ.

މާލެ ސާފުކޮށް ބެހެއްޓުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ އާންމު ސިއްހަތައް ގެއްލުން ނުވާނޭ ގޮތަކަށް ކުނި މެނޭޖް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި ވިދާޅުވީ، "ވަކި މީހަކު މާހަރުކޮށް އެއްޗެއް ބުނާތީ" ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން މަޑުޖައްސާ ނުލައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވެމްކޯގެ ކޮންޓްރެކްޓު ނިމުމަކަށް ގެނެސް އެ މަސައްކަތާ ސިޓީ ކައުންސިލުން ހަވާލުވުމަށް ފަހު ކުރީގައި ހިނގަހިނގާ އޮތް ނިޒާމު އޭގެ އެންމެ ރަނގަޅުގޮތުގައި ހިނގަމުން ދިޔަ މަންޒަރު ނުފެނުނު ކަމަށެވެ.

"އެންމެ ދުވަހަކުވެސް މާލޭގެ މަގުތައް މައްޗަށް ކުނިތައް ޖަމާވެފައި ހުރުމަކީ އަޅުގަނޑުމެންނަށް ދޫދެވޭނެ ކަމެއް ނޫން،" ޝައުނާ ވިދާޅުވި އެވެ.

ވެމްކޯއަކީ މާލޭގެ ކުނި މެނޭޖްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު އުފެއްދި ކޯޕަރޭޝަނެކެވެ. ވެމްކޯއިން ވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ މުއްދަތުގައި މާލެތެރެ ސާފްކުރުމާއި ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox