ދަފްތަރުން އުނިވި މެންބަރުން ރުޖޫއަ ކުރަވެންދެން ޕްްރައިމަރީ ފަސްްކުރުމަށް ނަޝީދުގެ ޓީމުން ގޮވާލައިފި

ހަސަން ލަތީފް ވަނީ ޕާޓީން އުނިވެފައިވާ މެންބަރުން ވެއްދުމަކީ މި ދަނޑިވަޅުގައި ކުރުން މުހިންމުކަމެއް ކަމަށް ވިދާޅުވެފައި --- ފޮޓޯ: މުހައްމަދު ޝާބިންަ/އަދު

ހަސަން ލަތީފް ވަނީ ޕާޓީން އުނިވެފައިވާ މެންބަރުން ވެއްދުމަކީ މި ދަނޑިވަޅުގައި ކުރުން މުހިންމުކަމެއް ކަމަށް ވިދާޅުވެފައި --- ފޮޓޯ: މުހައްމަދު ޝާބިންަ/އަދު

އެމްޑީޕީގެ ދަފްތަރުން އުނިވި މެންްބަރުން އަލުން ޕާޓީއަށް ރުޖޫއަކުރެވެންދެން ޕާޓީގެ ރިޔާސީ ޕްރައިމަރީ ފަސްކުރުމަށްް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނު ޓީމުން ގޮވާލައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގާ ވާހަކަ ދައްކަވަމުން ނަޝީދުގެ ކެމްޕެއިނު ޓީމުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީގެ ދަފްތަރުން 39،000 މެންބަރުން އުނިވެފައިވާކަމުގެ ޝަކުވާތައް ކެނޑިނޭޅި ލިބެމުންދާ ކަމަށާއި އިންތިހާބު ބާއްވަންޖެހޭނީ އެ ޝަކުވާތައް ބެލުމަށްފަހު ކަމަށެވެ.

"ހަގީގަތުގައި އެމްޑީޕީން މިވަގުތު ކުރަންވީ މަސައްކަތަކީ ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް މަޑުޖައްސާލާފައި، އެމްޑީޕީން ވަކިކޮށްފައި އޮތް 39.000 މެންބަރުންގެ ހައްގުތައް ހޯދައިދެވޭނެ ކަހަލަ ގޮތަކަށް މަސައްކަތްކޮށް، އެ މަސައްކަތް ނިންމުމުގެ ކުރިން ޕްރައިމަރީ މަޑު ޖައްސާލުން،" ހަސަން ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފްތަރުން ވަކިވި މެމްބަރުންގެ ތެރޭގައި ނަޝީދަށް ތާއީދު ކުރާ މީހުން ވަރަށް ގިނަ ކަމަށް ވެސް ހަސަން ލަތީފް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފާއިތުވެ މިދިޔަ ކުރު މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ސާވޭތަކުން ދައްކާ ގޮތުން ގާތްގަނޑަކަށް 80 ޕަސެންޓާ ގާތްކުރާ އަދަދަކަށް މިދެންނެވި ވަކިކުރި 39،000 މެންބަރުންގެ ތެރޭގައި ތިބީ ރައީސް ނަޝީދަށް ތާއިދުކޮށް އަދި މި ޕްރައިމަރީގައި ވެސް ވޯޓު ދިނުމަށް ތައްޔާރަށް ތިބި މެންބަރުން،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ އައިޑީކާޑު ނަމްބަރު އެނގޭ ނަމަ އިންތިހާބުގެ ކަންކަމަށް ފަސޭހަވެގެންދާނެ ކަމަށާއި ނަމަވެސް އިއްޔެ ވޯޓާސް ލިސްޓު ރައީސް ނަޝީދާ ހަވާލުކުރި އިރު އައިޑީކާޑު ނަމްބަރުތައް އުނިކުރެވިފައިވާ ކަމަށެވެ. އެ ލިސްޓު ދީފައިވާނީ އައިޑީކާޑު ނަނމްބަރުތަކާއެކު ކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަނުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީން ބުނަނީ އިލެކްޝަންް ކޮމިޝަނުން އެބޭފުޅުންނާ [ވޯޓާސް ލިސްޓު] ހިއްސާކުރައްވާފައި ވަނީ އައިޑީކާޑު އޭގާ ނުހިމެނޭ ގޮތަށް ކަމަށް. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑު މި ދެންނެވިހެން ވިދާޅުވެފައިވަނީ އެއީ ޕާޓީން މެމްބަރުންގެ ލިސްޓު އައިޑީކާޑާ އެކީގައޭ ހުށަހަޅަނީ އިލެކްޝަން ކޮމިޝަނަށް. އެހެންމާ ތިމަންނާމެން އަނެއްކާ އަނބުރާ ޕާޓީއަށްް އެ ސައްހަ މެންބަރުންގެ ގޮތުގާ ލިސްޓު ދޭއިރު އައިޑީކާޑު ނަމްބަރާ ނުލާ ހުށަހެޅުމަކީ ހަމަޖެހޭ ކަމެއްވެސް ނޫނޭ. އަދި އެއީކީ ސިއްރެއްވެސްް ނޫނޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.

އައިޑީކާޑު ނަމްބަރުތައް ދީފައި ވަނީ މިއަދުކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ، ވޯޓާސް ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދީފައިވާ ކުރު މުއްދަތުން އެއް ދުވަސް މިކަމުގެ ސަބަބުން ބޭކާރުވެގެން ގޮސްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox