ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އޮތް މައްސަލައަކީ، ރައީސް ވެރިކަން ނުކުރުން: ހަސަން ލަތީފު

ިމި އަހަރު ބޭއްވުނު އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ިމި އަހަރު ބޭއްވުނު އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ޖެހިފައިވާ މައްސަލައަކީ ރައީސް ސޯލިހު ވެރިކަމުގައި ހުންނަވާ، ވެރިކަމުގެ ޒިންމާ އަދާނުކުރެއްވުން ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕޭން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ހަސަން މިހެން ވިދާޅުވީ، އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ނަޝީދާ ދެމެދު އޮތް މައްސަލައަކީ އެމަނިކުފާނު ވެރިކަން ބޭނުންވުން ކަމަށް ރައީސް ސޯލިހު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ހަސަން ވިދާޅުވީ ރައީސް ނަޝީދު ފާހަގަކުރައްވާ މައްސަލައަކީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުނުކުރުން ކަމަށާއި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ހުންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެން ކަމަށެވެ.

"ރައީސް ނަޝީދުގެ މައްސަލައަކީ ރައީސް ސޯލިހު ވެރިކަމުގައި ހުންނެވުމެއް ނޫން، ވެރިކަމުގައި ނުހުންނެވުން، ވެރިކަން ކުރައްވާތަން ފެނިވަޑައިނުގަތުން، ކަމެއް ނުކުރެއްވުން، އެއްވެސް ކަމަކާ އަޅާނުލެއްވުން، ފަރުވާކުޑަކުރެއްވުން،" ހަސަން ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައީސް ސޯލިހު އުޅުއްވަނީ މެނިފެސްޓޯ ބޭއްވުމަށްފަހު އެހެން ކަމަކާ ކަމަށާއި ރައީސްގެ ގާތް ބޭފުޅުން އިންތިހާއަށް ކޮރަޕްޝަން ހިނގަމުންދާއިރު އެކަން ކަމަށް ރޯމަލައިގެން ހުންނަވާ ކަމަށް ވެސް ހަސަން ތުހުމަތު ކުރެއްވި އެވެ.

"[މައްސަލައަކީ] ބޮޑެތި ހިޔާނަތް ކުރައްވައިގެން ތިއްބެވި ބޭފުޅުން މާގިނައިން މާކައިރީގައި ތިއްބަވާކަން، މާގިނަ ލަފާދެއްވާކަން،" ހަސަން ވިދާޅުވި އެވެ.

ގިނަ ދުވަސްތަކަށްފަހު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ، ނޫސްވެރިޔެއްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނާއި ނަޝީދާ ދެމެދު އޮތް އަސްލު މައްސަލައަކީ ނަޝީދު ވެރިކަން ބޭނުންވުން ކަމަށެވެ.

"އަޅުގަނޑު ނޫން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މި މައްސަލަ އޮންނާނެ. ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގައި ގިނަ މައްސަލަތަކެއް ޖެހި ދެ ރައީސުންނަށް ތާއިދުކުރާ ފެކްޝަނެއް ތަކެއް އުފެދި ހޫނުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރާތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް މިއީ އެކަންކަމަށް ރައީސް ސޯލިހު ފާޅުގައި ޖަވާބުދެއްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox