ކޮންޓްރެކްޓު އުވާލުމުން މަގުމަތީގައި ހުންނަ ކުންޏާ ހަވާލެއް ނުވެވޭނެ: ވެމްކޯ

ސިރާޖް ވިދާޅުވީ ކޮންޓްރެކްޓު އުވާލުމުން މަގުމަތީ ހުންނަ ކުންޏަށް ޒިންމާ ނުވާނެ ކަަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސިރާޖް ވިދާޅުވީ ކޮންޓްރެކްޓު އުވާލުމުން މަގުމަތީ ހުންނަ ކުންޏަށް ޒިންމާ ނުވާނެ ކަަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލެ/ވިލިމާލޭގެ އާންމު ތަންތަން ސާފުކުރުމާއި ކުނި ނެގުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް އައުމާއެކު މަގުތަކުން ކުނި ނެގުމަކީ ވެމްކޯގެ ޒިންމާއެއް ނޫން ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެއްްޖެ އެވެ.

ސިރާޖު "އަދަދު"އަށް މިއަދު ވިދާޅުވީ، ކޮންޓްރެކްޓް އުވާލުމާއެކު ވެމްކޯއިން ދެމުން ގެންދާނީ އިމާރާތްތަކުގެ ކަލެކްޝަން ޕޮއިންޓުން ކުނި ނެގުމާއި އެޕާޓްމެންޓުތަކަށް އަރާ ކުނި ނެގުމުގެ ހިދުމަތް ކަމަށެވެ.

މި ހިދުމަތަށް ރަޖިސްޓްރީކޮށްގެން ހިދުމަތް ހޯދަމުން އަންނަނީ ގާތްގަނޑަކަށް 25،000 ކަސްޓަމަރުން ކަން ފާހަގަކުރައްވައި ސިރާޖް ވިދާޅުވީ، މާލޭގެ ޖުމްލަ ގޭބިސީތަކުގެ އަދަދު 60،000 އިން މަތި ކަމަށެވެ.

"ހަގީގަތުގަ މިއަދު މާލެ ސިޓީ ކައުންސިލަށްވެސް އެނގެންވީ ކަމަކީ ފާއިތުވެ ދިޔަ ތާނގާ ވެމްކޯއިން މިދިޔައީ މުޅި މާލޭ ރައްޔިތުންނަށް ހިދުމަތް ދެމުންކަން. ރަޖިސްޓާޑްއެއް އަންރެޖިސްޓާޑެއް ބެލުމެއް ނެތި" ސިރާޖް ވިދާޅުވި އެވެ.

މާލޭގެ އިމާރާތްތަކުންް މަގުމައްޗަށް ނެރެފައި ހުންނަ ކުނި ރަޖިސްޓްރީކޮށްފައިވޭތޯ ބެލުމެއް ނެތި ކުނި ނެގުމުގެ މަސައްކަތް ކުރެވެމުން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ސިޓީ ކައުންސިލާ ވެމްކޯއާ ދެމެދު އޮތް އެއްބަސްވުން ކަމަށް ސިރާޖް ފާހަގަކުރެއްވި އެވެ.

"އެހެންވީމަ އަޅުޅުގަނޑުމެންނާއެކު މި އެގްރީމެންޓު އާ ނުކުރުމުން ނޫނީ އޭގެ މުއްދަތު ހަމަވުމާ ގުޅިގެން އިއްޔެއިން ފެށިގެން އަޅުގަނޑުމެން މި ނިންމީ މަގުމައްްޗަށް ނެރެފަ ހުންނަ ކުންޏަކާ ވެމްކޯއިން ޒިންމާއެއް ނުވާނެއޭ،" ސިރާޖް ވިދާޅުވި އެވެ.

ސިރާޖް އިތުރަށް ވިދާޅުވީ މަގުމަތީގައި ހުންނަ ކުނި ނުނަގާތީ އެކަމާ ގުޅިގެން އެންމެ ގަދައަށް ނުރުހުން ފާޅުކޮށް ވާހަކަ ދައްކަމުން އަންނަނީ ވެސް ސިޓީ ކައުންސިލުން ކަމަށާއި، ނަމަވެސް މި ހިދުމަތް އެ އިދާރާއިން ދޭން ފެށުމުން މިމަސައްކަތް ކުރަން ޖެހޭތީ ކަންބޮޑުވެގެން އުޅޭ ކަމަށެވެ.

މިއަދު ސިޓީ ކައުންސިލުން މަގުތައް ސާފުކުރާއިރުވެސް އެ ދިމާވަނީ އެއް މައްސަލައެއް ކަމަށް ސިރާޖް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ހިތްވަރުދޭކަމެއް ނޫން އެއީ މާލޭގެ މަގުމައްޗަށް ކުނި އެޅުމަކީ. އަޅުގަނޑުމެން ހިދުމަތް ދޭނަން ރަޖިސްޓާޑް ކަސްޓަމާސްއަށް" ސިރާޖް ވިދާޅުވި އެވެ.

އާންމު ތަންތަން ސާފްކުރުމާއި ކުނި ނެގުމުގެ ހިދުމަތް ސިޓީ ކައުންސިލުން ފެށުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްްމަދު މުއިއްޒު ވިދާާޅުވީ ވެމްކޯއިން އަންނަނީ އެ ކައުންސިލަށް "ޖެއްސުންކުރަމުން" ކަމަށެވެ.

ވެމްކޯއިން ހިތްވަރު ދެނީ މަގުތަކަށް ކުނި ނެރުމަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އެގޮތަށް ކަންކަން ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox