މާލެ ސާފުކުރުމާއި އާންމު ތަންތަނުން ކުނި ނެގުމުގެ ޒިންމާއާ ސިޓީ ކައުންސިލުން ހަވާލުވެއްޖެ

ވެމްކޯއިން ބުނީ މި ހިދުމަތް ހުއްޓާލިޔަސް ރަޖިސްޓްރީވެފައިވާ ގޭބިސީތަކުން ކުނި ނަގަމުން ދާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެމްކޯއިން ބުނީ މި ހިދުމަތް ހުއްޓާލިޔަސް ރަޖިސްޓްރީވެފައިވާ ގޭބިސީތަކުން ކުނި ނަގަމުން ދާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގެ އާންމު ތަންތަނުން ކުނި ނެގުމާއި ސާފްކުރުމަށް މާލެ ސިޓީ ކައުންސިލުން ވޭސްޓު މެނޭޖްމެމެންޓް ކޯޕަރޭޝަން (ވެމްކޯ)އާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމުން ގުޅިގެން އެ ހިދުމަތް ހުއްޓާލައިފި އެވެ.

ކައުންސިލުން ވެމްކޯއާއެކު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިއްޔެއަށް ހަމަވިއިރު، ދެން މާލެ ސާފުކޮށް، ކުނި ނަގަމުންދާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް އެ އިދާރާއިން ބުނެ އެވެ.

ވެމްކޯއިން އެ ހިދުމަތް ހުއްޓާލިކަން އާންމުކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ ކައުންސިލުން އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު އެ ކޯޕަރޭޝަނުން ދެމުން ގެންދިޔަ މާލެ/ވިލިމާލޭގެ މަގުތަކާއި ގޯޅިތައް އަދި ޕާކުތަކާއި މައިޒާންތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތަކާއި ހިމެނޭ ގޮތަށް ކުނި ކަހައި ސާފްކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ސާފްކުރުމާއި ކުނި ނެގުންވެސް ވެމްކޯއިން ހުއްޓާލާފައިވެ އެވެ. އަދި މާލެ ސިޓީގެ އެކި ތަންތަނަށް ގަވައިދާ ހިލާފަށް އަޅާފައި ހުންނަ ކުނި ނެގުން ވެސް އެ ކޯޕަރޭޝަނުން ވަނީ ހުއްޓާލާފަ އެވެ. ވެމްކޯއިން ބުނީ މި ހިދުމަތްތައް ހުއްޓާލި ނަމަވެސް އެކުންފުނީގައި ރަޖިސްޓްރީވެފައިވާ ގޭބިސީތަކުން ކުނި ނެގުމުުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މާލެ ސިޓި ކައުންސިލުން ވަނީ ކުނި ނެގުމުގެ ހިދުމަތް ފަށާ އެކަމަށް މުވައްޒަފުންނާއި އެއްގަމު އުޅަނދު ހޯދުމަށް ނިންމާފަ އެވެ. ސިޓީ ކައުންސިލުން "އަދަދު" އަށް ބުނީ ވެމްކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން އެ ކައުންސިލުން މާލޭގެ އާންމު ތަންތަނުގެ ކުނި ނެގުމުގެ ހިދުމަތް ފަށާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތަށް ބޭނުންކުރަނީ ކުއްޔަށް ދީފައިވާ އުޅަނދުތަކެއް ކަމަށް ބުނެފަ އެވެ. އެ ކައުންސިލުން ބުނީ މި ހިދުމަތުގައި ކައުންސިލުން ބޭނުންކުރާނީ ބޭރުގެ ހިލޭ އެހީގައި ހޯދާ އުޅަނދުތަކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox