ކެޔޮދޫ ބަލިކޮށް ސީއެޗްއެސްއީ އިން ތަށި އުފުލާލައިފި

Dec 24, 2022, 7:24 PM
ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވ. ކެޔޮދޫ ސްކޫލް އަތުން 4-1 އިން ފުރިހަަމަ މޮޅެއް ހޯދައި، ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ފަސް ޓީމުގެ މެދުގައި މި ފަހަރު ކުރިއަށްދިޔަ 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކެޔޮދޫ ސްކޫލް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. އެކަމަކު، ސެމީ ފައިނަލުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ޕެނަލްޓީ ޖަހައިގެން ބަލިކުރި، ސީއެޗްއެސްއީން މި ވަނީ ފައިނަލުގައި ކެޔޮދޫ ބަލިކޮށް ވިއްްސަކަށް އަހަރު ތެރޭ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު، ދެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ސީއެޗްއެސްއީން ޖެހި ހަތަރު ލަނޑު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ވ. އަތޮޅު ފުލިދު އަށް ނިސްބަތްވާ، މުހައްމަދު ފައިޒާން ފަޒީން ދެ ގޯލު ޖެހިއިރު، ދެން އެ ޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކުރީ އަހުމަދު ޔަޒީން މަހްދީ އާއި އަބްދުﷲ ޝާޔާން އެވެ.

Advertisement

ލަނޑު ޖެހުމަށް ފަހު ސީއެޗްއެސްއީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކެޔޮދޫ ސްކޫލްގެ ހަމައެކަނި ގޯލު ފަހު ހާފުގައި ޖަހައިދިނީ މި ހާފުގައި ބަދަލަކަށް ކުޅެން އެރި ޝާއިގް އާދަމް މުހައްމަދު އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އައިހަމް އެވެ. އަދި މުބާރާތުގެ މޮޅު ކުުޅުންތެރިއަކީ ސީއެޗްއެސްއީ ޓީމުގައި ތަފާތު ދެއްކި ދައްޔާން އަހުމަދެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސީއެޗްއެސްއީގެ ކޯޗު، އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. މީގެ ކުރިން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަންގެ އިތުރުން ސްކޫލް މުބާރާތްތަކުގައި ވެސް ފެންނަ ސުޒެއިރު އަކީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެސިސްޓެންޓް ކޯޗެވެ. ގިނަ އަހަރުތަކެއް ވަންދެން މާޒިޔާގައި ރަނގަޅު މަސައްކަތްތަކެއް ކުރި ސުޒެއިރު ވަނީ ދާދި ފަހުން ގައުމީ 19 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ނަވާރަ އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގެ ފެއާޕްލޭ ޓީމަކީ ކެޔޮދޫ ސްކޫލެވެ. އެ ޓީމުން ޖުމްލަކޮށް ބަލާއިރު، މި މުބާރާތުގެ ހުރިހާ މެޗެއްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ލީގު ބުރުގައި ސީއެޗްއެސްއީއާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ފައިނަލުގައި، ސީއެޗްއެސްއީން ވަނީ ލިބުނު ފުރުސަތަތަކުގެ ބޭނުންހިފައި، 2001 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ އިންޓަ ސްކޫލްގެ ތަށްޓެއް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox