ހުކުމެއް އަޔަސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ: ތޯރިގް

ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން؛ ޔާމީނަށް އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައި---- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން؛ ޔާމީނަށް އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައި---- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތައް ސާބިތުވެ، ހުކުމެއް އަތުވެއްޖެ ހާލަތެއްގައި ވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަމަށް މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ވެސް އައްޔަން ކޮށްފައިވާ ޔާމީން، ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ވަނީ ތާވަލްކޮށްފަ އެވެ.

ހުކުމާއެކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެކަމުގެ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ތޯރިގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މާދަމާ ޔާމީންގެ މައްޗަށް 12 މަސް ދުވަހަށް ވުރެ ދިގު ހުކުމެއް އިއްވިނަމަވެސް، އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދު ނުވާނެ ކަމަށެވެ.

Advertisement

"އެފަދަ ހާލަތެއްގައި ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމާ ހަމައަށް ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ އެވެ." ތޯރިގް ނެރުއްވި ބަޔާނުގައިވެ އެވެ.

ތޯރިގް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތާ މެދު ހިޔާލުތަފާތުވުން އުފެދިއްޖެ ހާލަތެއްގައި ގޮތް ނިންމުމުގެ ބާރު ވެސް އޮތީ ސުޕްރީމު ކޯޓުގެ މައްޗަށް ކަމަށެވެ.

ތޯރިގް އެގޮތަށް ގަބޫލުކުރައްވާ ސަބަބެއްގެ ގޮތުގައި ނެންގެވީ ސުޕްރީމު ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލައެއް ކަމަށްވާ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް އަބްދުލްހަމީދުގެ މައްސަލަ އެވެ.

އެ ހުކުމުގައި ސުޕްރީމު ކޯޓުން ވަނީ އެއް އަހަރާއި ހަ މަހަށް އަރުވާލަން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެންވާ ހުކުމެއް ކަމަށާއި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމަކަށް ވާސިލް ވުމާ ހަމައަށް އޭނާގެ މެންބަރުކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށް ހުކުމް ކޮށްފަ އެވެ.

ޔާމީންގެ ކިބައިގައި އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ހާލަތެއްގައި ވެސް ފަހު ބަސް އިއްވާނީ ސުޕްރީމް ކޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ހުކުމް ބޯމަތިވެފައިވާ ދަނޑުވަޅުގައި ޔާމީން ވަނީ އެ ޕާޓީގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ހުކުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އޭގައި ހިމެނޭ ގާނޫނީ ގިނަ ބޭފުޅުން ޔާމީނަށް ލަފާ ދެއްވާފައިވަނީ ހުކުމެއް އައިކަމުގައިވީނަމަވެސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox