އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަލަ ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފި

އިދިކޮޅުން މީގެ ކުރިން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" އެއްވުމެއް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅުން މީގެ ކުރިން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" އެއްވުމެއް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ސަރުކާރުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ގޮވާލި މައްސަލަ ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަން މިދިޔަ ބުރާސްފަތި ދުވަހު ގޮވާލި މައްސަލަ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

މި މައްސަލައިގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ކުރި ޓުވީޓުގައި ބުނެފައިވަނީ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ މައްސަލަ ސަލާމަތީ ބާރުތަކުން ބަލަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އެކުވެރި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް އިދިކޮޅުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަށް ކުށްވެރިކުރާ ކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފަ އެވެ.

އެމްއާރުއެމް އިން ކުރި ޓުވީޓުގައި ވެސް މި މައްސަލަ ކުށްވެރިކޮށް ތަހުގީގު ކުރުމަށް ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން މި އަމަލަކީ ޓެރަރިޒަމަށް ހިތްވަރުދޭ ފިނޑި އަމަލެއް ކަމަށް އެ ޕާޓީއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، އަދާލަތު ޕާޓީ އަދި އެމްޓީޑީއިން ވެސް ވަނީ މި މައްސަލަ ތަހުގީގުކޮށް ޓެރަރިޒަމުގެ އަމަލެއްގެ ގޮތުގައި ބެލުމަށް ގޮވާލާފަ އެވެ. ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރަސްމީ ސިފައެއްގައި މިކަން ކުށްވެރި ނުކުރާ ހަމައެކަނި ޕާޓީއަކީ ޖުމްހުރީ ޕާޓީ އެވެ. އެ ޕާޓީގެ ބަހެއް ހޯދުމަށް "އަދަދު" އިން ކުރި މަސައްކަތުން މިހާތަނަށް ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ތަރުޖަމާނުގެ މަގާމުގައި ހުރި މީހެކެވެ. ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ވަހީދުގެ ވެރިކަމުގައި އައްބާސް ހުރި އެވެ. އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި މެލޭޝިޔާގައި ހުންނަ ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރި އެވެ. އައްބާސްގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން އޭނާއަކީ މިހާރު މާލޭގައި ހިންގާ ކޮލެޖެއްގެ ލެޗްޗަރާއެކެވެ.

ފުލުހުން ބުނީ އައްބާސްގެ މައްސަލަ އެ އިދާރާގައި މިހާތަނަށް ލޮގް ކޮށްފައި ނުވި ނަމަވެސް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. ނަމަވެސް ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓުވީޓެއްގައި އެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ. \

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox