މާލެ ސިޓީ ކައުންސިލަށް ކުންފުނި ހަދަން ހުއްދަ ނުދީ އޮތުމުން ނުރުހުން

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް؛ ކުންފުނި ހަދަން ހުއްދަ ނުދީ އޮތުމުން ނުރުހުން ފާޅުކޮށްފި - ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް؛ ކުންފުނި ހަދަން ހުއްދަ ނުދީ އޮތުމުން ނުރުހުން ފާޅުކޮށްފި - ފޮޓޯ: މާލެ ސިޓީ ކައުންސިލް

ލޯކަލް އޮތޯރިޓީ ކޮމްޕެނީ ރެގިއުލޭޝަންގެ ދަށުން ކުންފުނި ރަޖިސްޓްރީކުރަން މާލެ ސިޓީ ކައުންސިލަށް އަދިވެސް ހުއްދަ ނުދީ އޮތުމުން މާލެ ސިޓީގެ ކައުންސިލަރުން ނުރުހުން ފާޅުކޮށްފި އެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގެ އެޖެންޑާގައި ލޯކަލް އޮތޯރިޓީ ކުންފުނީގެ މައުޟޫއު ހިމެނިއިރު، މިހާތަނަށް އެފަދަ ހުއްދައެއް އިކޮނޮމިކް މިނިސްޓްރީން ދިނީ ތޮއްޑޫ ކައުންސިލަށް އެކަންޏެވެ.

ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ކައުންސިލަރުން ވެސް ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ އަދިވެސް ކަންކަން ހިނގަނީ މައި ސަރުކާރުގެ "މުށު ތެރޭގައި" ކަންކަން ބާއްވައިގެން ކަމަށެވެ.

"އަދިވެސް މި ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދައެއް ހޯދަން، ކުންފުންޏެއް ހަދަން، އެ ހުއްދަ ވެސް، އެންމެ ރަށަކަށޭ މިހާތަނަށް މި ދެވުނީ،" ފާތިހު ވިދާޅުވި އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުންނާއި ކުންފުނިތަކުން މާލޭގައި އެކި ޕްރޮޖެކްޓްތައް ހިންގާއިރު ސިޓީ ކައުންސިލްގެ ހިޔާލު ވެސް ކުޑަމިނުން ނުހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމު ފުނޑާލީ ކަމަށް ދެކިގެން، އެ ކަންކަން ރަނގަޅު ކުރަން އައި ބައެއް އަޅުގަނޑުމެން މިއީ، މި ވާހަކަ ދައްކަން ލަދުވެސް ގަނޭ،" ފާތިހު ވިދާޅުވި އެވެ.

ފާތިހު ވިދާޅުވީ، މާލެ ސިޓީގެ މެޖޯރިޓީ ޕީޕީއެމަށް އޮތް ނަމަވެސް މާލޭގެ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަށް ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މިހާތަނަށް ވެސް ސިޓީ ކައުންސިލަށް ލިބެން ޖެހޭ ހައްގުތައް ހޯދަން ކޯޓަށް ދާން ޖެހިފައި އެބަ ހުރި ކަމަށެވެ. މި މައްސާލަގައި ވެސް ކޯޓަށް ދާން ޖެހޭ ވަރަށް ކަންކަން ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ކުންފުނި އުފެއްދުމަށް ފަހުން ގަވާއިދުގައި ހިމަނާފައި އޮތް އޮނިގަނޑަށް ވެސް މުއިއްޒު ފާޑުވިދާޅުވި އެވެ.

"ތިން ޑިރެކްޓަރުން ތިބެން ޖެހެނީ، އެއިން އެކަކު ކައުންސިލުން މި ހުރެވެނީ، ދެން މިއިން އެއްވެސް މީހަކީ ކުންފުންޏެއްގެ ތަޖުރިބާ ހުރި މީހަކަށް ވެގެން ނުވޭ، މިހެން ވެރިކަން ކުރާ ރަށުގެ ކުންފުނި ހިންގާނީ،" މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox