އަލިފުށީގެ އިހްތިސާސުން އެއްތިނގިލި ވަކިކޮށްފި

Dec 21, 2022, 9:12 AM
އަލިފުށީގެ އިހްތިސާސް މިހާރު ހިނގާ ސަރަހައްދު: ރަށު ރައްޔިތުން ބޭނުންވީ އެއާޕޯޓު އަޅާއިރު އެއްތިނގިއްޔާ ހަމައަށް ހިއްކާލަން -- ފޮޓޯ: ގެޒެޓު

އަލިފުށީގެ އިހްތިސާސް މިހާރު ހިނގާ ސަރަހައްދު: ރަށު ރައްޔިތުން ބޭނުންވީ އެއާޕޯޓު އަޅާއިރު އެއްތިނގިއްޔާ ހަމައަށް ހިއްކާލަން -- ފޮޓޯ: ގެޒެޓު

ރ. އަލިފުށީ ކައިރި އޮންނަ އެ ރަށުގެ އިހްތިސާސުގެ ތެރޭގައި އޮތް ފަޅު ރަށް އެއްތިނގިލި، އެރަށުގެ އިހްތިސާސުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަކި ކުރައްވައިފި އެވެ.

އަލިފުށީ ރައްޔިތުން ބޭނުންވެފައި އޮތް އަދި އެއާޕޯޓެއް ހެދުމަށް އެ ރަށުގެ ފަޅު ހިއްކަން ހަމަޖެހިފައިވާ އެއްތިނގިލި އަލިފުށީގެ އިހްތިސާސްގެ ތެރެއަށް މީގެ ކުރިން ވެއްދީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

އަލިފުއްޓާއި އެއްތިނގިލި އޮންނަނީ ޖެހިޖެހިގެން ކަހަލަ ގޮތަކަށް އެއް ފަޅެއްގެ ތެރޭގަ އެވެ. އަލިފުށީ ރައްޔިތުން ބޭނުންވީ އެ ރަށުގައި އެއާޕޯޓު ހަދާއިރު އެއްތިނގިއްޔާ ހަމައަށް ހިއްކާލުމަށެވެ. ނަމަވެސް އެއިރުން އެއާޕޯޓު ޕްރޮޖެކްޓުގެ އަގު ބޮޑުވާނެތީ އާއި އެއްތިނގިލީގެ ތިމާވެއްޓަށް އަސަރުކޮށްފާނެތީ ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.

އެއްތިނގިލި ހިއްކުމުގެ ބަދަލުގައި ހިމާޔަތް ކުރުން މާބޮޑަށް ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވެ އެވެ. އެއްތިނގިއްޔަކީ ގޮނޑުދޮށް ރީތި، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ހުންނަ ރަށެއް ކަމަށްވެ އެވެ.

އަލިފުށީގައި އެއާޕޯޓު އަޅަނީ އެމްޓީސީސީގެ ފަރާތުންނެވެ. އެ ޕްރޮޖެކްޓަށް 450 މިލިއަން ރުފިޔާ ހަރަދުވާއިރު ނިންމޭނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox