އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވައިފި

އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި އެ މަނިކުފާނު ވަނީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށާއި އެމަނިކުފާނަށް ތާއިދު ކުރައްވައި ވޯޓު ދެއްވުމަށް އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައި މިވަނީ، ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ހިޔާލު ތަފާތުވުން އުފެދިފައި ވަނީ ރިޔާސީ ޕްރައިމަރީގެ ކުރިން ވާހަކަ ދައްކަން ޖެހޭނީ ދައުލަތް ހިންގުމުގެ ނިޒާމާ ގުޅޭ ގޮތުން ކަމަށް ބުނެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ފައިނެންގެވި ހިސާބުންނެވެ.

Advertisement

އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާދަ ކުރައްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވައިފަ އެވެ. އެހެން އެ މަނިކުފާނު ވިދާޅުވެފައި ވަނީ މިދިޔަ ޖޫން މަހު އެވެ.

އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމާ ހަމައަށް އެޕާޓީގެ ދަފްތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއްގެ ފޯރި މިހާ ގަދަވެގެންދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ އެއްވެސް އިންތިހާބެއްގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، ފެކްޝަންތަކެއް އުފައްދައި އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް ފާޅުގައި އެއްޗެހި ކިޔާފައެއް ނުވެ އެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވީ ވެސް ރައީސް ނަޝީދު އެކަންޏެވެ. އެހެންނަަމަވެސް ރިޔާސީ އިންތިހާބާ ކުރިމަރިލާން ޖެހިވަޑައިގަތް އިރު އެމަނިކުފާނަށް ކުރިމަތިލެއްވޭ ގޮތް ނުވުމުން، އެ ފުރުސަތު އެމަނިކުފާނުގެ އޭރުގެ އެންމެ އަރިސް ބޭފުޅާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ޞާލިހަށް ދެއްވީ އެވެ.

އަންނަ މަހު 28، ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެކަން އިއުލާނުކޮށް، ކުރިމަރިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު އެވެ. 500 މީހުންގެ ތާއިދާ އެކު ފޯމު ފުރާ މިއަންނަ ހޮނިހިރު ދުވަހުގެ ކުރިން އެޕާޓީގެ އޮފީހަށް ހުށަހަޅަން ޖެހޭނެ އެވެ.

ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ދިން ފުރުސަތު ކުޑަކަމާއި ރައީސް ނަޝީދު ރަށުގައި ވަޑައިގެން ނެތް ދަނޑިވަޅެއްގައި ޕްރައިމަރީ އިއުލާނުކުރެއްވުމުން ނަޝީދުއަށް ތާއީދު ކުރައްވާ ބައެއް ފަރާތްތަކުން ވަނީ މިއަދު އެކަމާ ނުރުހުން ވެސް ފާޅު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox