ގުޅުންހުރި ވުޒާރާތަކުން ބޮޑުކަންނެލި މަސްވެރިންނާ ބައްދަލުކޮށްފި

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އަދި މަސް އެކްސްޕޯޓްކުރާ ކުންފުންޏަކުން މި ބައްދަލުވުމުގައި ބައިވެރިވި -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ (ޓްވިޓާ)

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އަދި މަސް އެކްސްޕޯޓްކުރާ ކުންފުންޏަކުން މި ބައްދަލުވުމުގައި ބައިވެރިވި -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ (ޓްވިޓާ)

ބޮޑުކަންނެލި މަސްވެރިކަމާ ގުޅުންހުރި އިދާރާތަކުން މަސްވެރިންނާ މިއަދު ބައްދަލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ބޮޑުކަންނެލި މަސްވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަކާއި ކަންނެލި އެކްސްޕޯޓު ކުރަމުން އަންނަ ކުންފުނިތަކަށް ދިމާވަމުން އަންނަ މައްސަލަތައް ދެނެގަތުމަށް މިއަދު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑުކަންނެލި އެކްސްޕޯޓް ކުރުމުގެ ވިޔަފާރި ކުރަމުން އަންނަ އެމްއެސްޕީއީއޭ މޯލްޑިވްސްއާ ބައްދަލުކޮށް މަޝްވަރާ ކުރި ކަމަށެވެ.

އެ ބައްދަލުވާ ބެހޭ ގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މިއީ ބޮޑުކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް ބޭނުންތެރިި، މުހިންމު އަދި ފައިދާވި ބައްދަލުވުމެއް ކަމަށެވެ.

ބޮޑުކަންނެލީގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެކި ގޮންޖެހުންތައް ހައްލުކުރުމަށް މިފަދަ ބައްދަލުވުންތަކުގެ މުހިންމުކަން އެ ޔޫނިއަނުން ވަނީ ފާހަގަކޮށްފަ އެވެ.

ބޮޑުކަންނެލި މަސްވެރިކަމަކީ ފައިދާ ކުރުވަނިވި މަސައްކަތެއް ނަމަވެސް މަސްވެރިންނަށް މި މަސައްކަތުން ހަމަ އަގު ނުލިބޭ މައްސަލަތަކަށް އަދިވެސް އެދެވިގެންވާ ހައްލެއް ނުލިބޭ ކަމަށް އެފަރާތްތަކުން ފާހަގަކުރެ އެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރާ ދިމާކޮށް އަބަދުވެސް އަގުތައް ދަށަށްދެ އެވެ. އެގޮތުން އެ ދުވަސްވަރު 30 ކިލޯއިން މަތި ނަމަ ކިލޯއަކަށް 70ރ. އަދި 30 ކިލޯއިން ދަށް ނަމަ ކިލޯއެއް ގަންނަނީ 50ރ. އަށެވެ.

ބޮޑުކަންނެލީގެ މަސްވެރިން އެންމެ ބޮޑަށް ޑިމާންޑުކުރަމުން އަންނަނީ މަސްވެރިކަން ތިޔާގި ދުވަސްވަރު ވެސް އަގުތައް ވަކި މިންވަރަކަށްވުރެ ދަށަށް ދިޔަ ނުދިނުމަށްޓަކާ ބޮޑުކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox