މޯލްޑިވްސް ނެޝަނަލް ޔުނިވާަސިޓީ (އެމްއެންޔޫ)އިން ފޮތް ލިޔުމަށް ދެވޭ އެވޯޑާއި ގްރާންޓު ހަތަރު ފަރާތަކަށް ދީފި އެވެ.
ފޮތް ލިޔުމަށް ދެވޭ ގްރާންޓް އަދި ރިސާޗް ގްރާންޓްސް ހަވާލުކޮށްފައި ވަނީ އިއްޔެ އެ އެ ޔުުނިިވާސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެވޯޑާއި ގްރާންޓަކީ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި ފޮތްތެރިކަން އާލާކޮށް ދިރުވުމަށް، ޔުނިވަރސިޓީން "ބުކް ރައިޓިން ގްރާންޓު"ގެ ނަމުގައި ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑު ހަތަރު ފަރާތަކަށް ހަވާލް ކޮށްފައިވާއިރު، މިފަހަރުގެ ބުކް ގުރާންޓުގެ ގޮތުގައި ޖުމްލަ 183،000 ރުފިޔާ ވަނީ ދީފަ އެވެ.
ބުކް ގްރާންޓު ލިބުނު ފަރާތްތައް:
- އަހުމަދު ޝަރީީފް (ދިވެހި ބަހުން ވެބްސައިޓް ފަރުމާކުރުން - ފިޔަވަޅަކަށް ފަހު ފިޔަވަޅެއް)
- މަރިޔަމް އިފްޝާން (ގެޓް ހެލްޕް އެންްޑް ގިވް ހެލްޕް - ރޯލް އޮފް އިންޑިވިޖުއަލް އެންޑް ކޮމިއުނިޓީ ޑީލިން ވިތު ސެލްފް ހާމް އެންޑް ސުސައިޑް)
- މައުމޫނާ އަބްދުﷲ (އިރުޝާދު ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން)
- ޑރ. އާއިޝަތު ޝަނޫރާ (އަންޑަސްޓޭންޑިން އެންޑް ކޯޕިން ސްޓްރެސް ފޯ ޔުނިވާސިޓީ ސްޓޫޑެންޓްސް)
އޭގެ އިތުރުން އެމްއެންޔޫއިން ވަނީ ހަތަރު ފަރާތަކަށް ރިސާޗް ގްރާންޓާައި އެވޯޑު ދީފަ އެވެ. ދެހާސްސާދަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ރިސާޗް ގްރާންޓަކީ ޔުނިވަރސިޓީގައި ރިސާރޗް މާހައުލެއް ޤާއިމް ކުރުމަށާއި، އެކެޑެމިކް މުވައްޒަފުންނަކީ ރިސާޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޔުނިވާސިޓީގެ ބަޖެޓްގައި ހިމަނައިގެން ދެމުން އަންނަ ގްރާާންޓެކެވެ.
އެ ޔުނިވަރސިޓީގެ ކޮންމެ މުވައްޒަފަކަށް ވެސް އެމީހަކު ހިންގަން ބޭނުންވާ ރިސާޗް ޕްރޮޖެކްޓަކަށް ފައިސާގެ އެހީ ހޯދުމަށް އެދެވޭނެ ކަމަށާއި އަދި ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

ރިސާޗް ގްރާންޓު ދެވޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާޗް ގްރާންޓްސް ކޮމިޓީން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް، ފެންވަރު ވަޒަން ކުރުމަށްފަހު ހޮވޭ ޕްރޮޖެކްޓްތަކަށް ކަމަށް އެ ޔުނިވާސިޓީން ވަނީ ހާމަކޮށްފަ އެވެ.
މިއަހަރު ރިސާޗް ގްރާންޓު ލިބުނު ހަތަރު ފަރާތަކީ:
- ޑރ. ޝައިކް ސައިދް އަލީ ޕަކީރްޝިޒްނާ މުހައްމަދު
- ޑރ. ޒޭބާ އަން ނަހެރް ޑރ. އާއިޝަތު ޝަނޫރާ













