ގިރާވަރު ފަޅު ހިއްކާ ޕްރޮޖެކްޓަށް ހަރަދު ކުރާ ފަރާތްތަކަށް ވެސް ބިމާއި ރަށް ދެނީ

Dec 16, 2022, 5:04 AM
ރައީސް ސޯލިހު މީޑިއާއާ ބައްދަލު ކުރައްވަނީ: ގިރާވަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައީސް ސޯލިހު މީޑިއާއާ ބައްދަލު ކުރައްވަނީ: ގިރާވަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގިރާވަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ މީހުން ދިރިއުޅޭ ސިޓީއަށް ހަރަދު ކުރާ ފަރާތްތަކަށް ވެސް ކްރޮސްސަބްސިޑީގެ އުސޫލުގެ ދަށުން ބިން، ރަށް ނުވަތަ ފަޅު ދެވޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

ރައީސް ސޯލިހު 2021 ވަނަ އަހަރު ނެރުއްވި ގަރާރެއް އިސްލާހު ކުރައްވައި އިއްޔެ ނެރުއްވި އިރު ކްރޮސްސަބްސިޑީ ޕްރޮޖެކްޓުތަކުގެ ލިސްޓަށް ރީޖަނަލް އެއާޕޯޓްސްތަކުގެ އިތުރުން އޮތީ ގިރާވަރު ފަޅު ހިއްކުމާއި ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު ހިމަނައްވައިފަ އެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުގެ މަތިން ކްރޮސްސަބްސިޑީގެ އުސޫލުގެ ދަށުން ގިރާވަރު ހިއްކުމުގެ ޕްރޮޖެކްޓަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ފައިނޭންސް ކުރާ ފަރާތުން ހަރަދު ކުރަންޖެހޭނެ އެވެ.

ރީޖަނަލް އެއާޕޯޓުތަކަށް ހަރަދު ކުރާ ފަރާތްތަކުން މަދުވެގެން ތިން މިލިއަން ޑޮލަރު (46.2 މިލިއަން ރުފިޔާ) ހަރަދު ކުރަންޖެހޭނެ އެވެ. އެއީ ކުރިން ވެސް ހަމަޖެހިފައި އިން ގޮތެވެ.

ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ހަރަދު ކުރާ ފަރާތްތަކަށް ބިމާއި ރަށް ދެވޭ ގޮތަށް ހަދާފައި ވަނީ ޓުއަރިޒަމާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ މަޝްރޫއުތަކަށް ހަރަދު ކުރާ ފަރާތްތަކަށް ކްރޮސްސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދެވިދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox