ގުޅީފަޅުގައި ހުރި އިމާރާތްތަކެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް އަދި ނޭނގެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން އަނދަމުން ދަނީ އެމްޓީސީސީގެ އެކޮމަޑޭޝަން ބްލޮކުގަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުނީ މިރޭ 12:31 ހާއިރު އެވެ. މިހާރު ވެސް އަނދަމުން އެބަދެ އެވެ.
އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ރޯވެފައިވަނީ ކުރިން ހިއްކާފައިވާ ބައިގައި ހުރި އިމާރާތްތެއްގަ އެވެ. އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ކުރިން އެމްޓީސީސީގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުން ކުރި އެ އިމާރާތްތައް މިހާރު ބޭނުން ކުރަނީ ތިލަމާލެ ބުރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންއިން އެވެ.












