އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން "ފެލާލައިފި" ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 8:30 ގައި ކާނިވާ ސަރަހައްދުގަ އެވެ.
ޕީޕީއެމުން ބުނީ މިޖަލްސާއަކީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލި، ހިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން ފެލަމުންދާތީ އެކަންކަމަށް އަޑުއުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.
ޕީޕީއެމުން ވަނީ މި ޖަލްސާގައި އެ ޕާޓީއަށް ސަޕޯޓުކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެދިފަ އެވެ.
މީގެ ކުރިންވެސް އެކި ނަންނަމުގައި ޕީޕީއެމުން ވަނީ ޖަލްސާތައް ބާއްވާފަ އެވެ.















