ރައީސް ސޯލިހު އުރީދޫ ގްރޫޕުގެ ވެރިންނާ ގަތަރުގައި ބައްދަލު ކުރައްވައިފި

Dec 13, 2022, 2:48 PM
ރައީސް ސޯލިހު އުރީދޫ ގްރޫޕުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރާއެކު: ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހި ކުރަން އުރީދޫ މުހިންމު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އުރީދޫ ގްރޫޕުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރާއެކު: ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހި ކުރަން އުރީދޫ މުހިންމު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ގަތަރުގެ އަމީރު ޝެއިހު ތަމީމް ބިން ހަމަދުގެ ދައުވަތަށް އެ ގައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރާއްޖޭގައި ޓެލެކޮމިނިއުކޭޝަންގެ ވިޔަފާރި ކުރާ އުރީދޫ ގްރޫޕުގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ބައްދަލު ކުރެއްވީ އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި އުރީދޫ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުސްމާން ފަހްރޫއާ އާއި ބައެއް އެހެން އިސްވެރިންނާ އެވެ. ގަތަރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމުގައި އުރީދޫއަކީ މުހިންމު ކުންފުންޏެއްކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެ އެވެ.

"ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އެކުންފުންޏަކީ މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށާއި ދިވެހިރާއްޖެ އާއި ގަތަރުގެ އާއްމު ތަރައްގީގެ ބައިވެރިއެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ ބައްދަލުވުމުގައި އުރީދޫގެ އިޖްތިމާއީ އެހީގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮށްދޭ މަސައްކަތްތަކަށް ރައީސް ސޯލިހު ޝުކުރު އަދާ ކުރައްވައި، އުރީދޫއިން ރާއްޖޭގައި ހިދުމަތް ފުޅާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެބޭފުޅުން ވަނީ، އުރީދޫއިން އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު ހިދުމަތްތައް ފުޅާކޮށް، އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމައަށް ފޯރުކޮށްދޭ އެހީތަށް އިތުރުވެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފަ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް ގަތަރަށް ކުރައްވާ ދަތުރުފުޅުގައި ގަތަރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މިއީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާއާ ބައިވެރިވެ، ގަތަރާއެކު އޮތް ސިޔާސީ ގުޅުން 2017 ވަނަ އަހަރު ކަނޑާލިފަހުން ރާއްޖޭގެ ވެރިއަކު އެ ގައުމަށް ވަޑއިގެން ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox