ގައްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުވަސްވީ މީހެއްގެ ހަށިގަނޑުގެ 90 ޕަސެންޓު ފިހިއްޖެ

ގައްދޫ ހެލްތު ސެންޓަރު؛ ރަށުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުވަސްވީ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގައްދޫ ހެލްތު ސެންޓަރު؛ ރަށުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުވަސްވީ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގދ. ގައްދޫގައި ރޭގެ ވަގުތެއްގައި ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދުވަސްވީ މީހެއްގެ ހަށިގަނޑުގެ 90 ޕަސެންޓު ފިހިއްޖެ އެވެ.

ގައްދޫން މަންޒަރު ދުށް މީހަކު "އަދަދު" ނޫހަށް ކިޔައިދިން ގޮތުގައި ރޭ އަށެއް ޖަހާކަށްހާއިރު ހިނގި ހާދިސާގައި ފިހުނީ މުހައްމަދު ޖަމީލު ނަމަކަށް ކިޔާ މީހެކެވެ. އޭނަގެ އުމުރުން ގާތްގަނޑަކަށް 80 އަހަރު ވެދާނެ ކަމަށް އޭނާ ބުންޏެވެ.

"ޖަމީލުބެ އުޅެމުންދާ ގެއާއި ސިއްހީ މަރުކަޒަކާ މާ ދުރެއް ނުވާނެ، ހިނގާލާފައި ދެ މިނެޓުން ދެވޭނެ، މީހާ އެއްކޮށް ފިހުނީމަ ޖަމީލުބެ އަމިއްލައަށް ސިއްހީ މަރުކަޒަށް އައީ ވެސް،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

ޖަމީލު ރަށުގައި ދިރިއުޅެމުން އައީ އޭނާގެ އަނބިމީހާއާ އެކުގަ އެވެ. ދަރިން ތިބީ މާލޭގައި ކަމުން، އެ ގޭގައި އުޅެނީ ދެމަފިރިން އެކަންޏެވެ.

"ކިރިޔާ ހިނގާ ބިނގާވެ އުޅެވެނީ އޭރު ސިއްހީ މަރުކަޒުން ދިމާވިއިރު، ގައިގަ ދެން ހަމެއް ނެތް، ވަރަށް ބޮޑަށް ފިހިފަ ހުރީ،" މަންޒަރު ދުށް މީހާ އިތުރަށް ބުންޏެވެ.

ގދ. ގައްދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ފާތިމަތު ޝަހީދާ "އަދަދު" ނޫހަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ދުވަސްވީ މީހަކު ފިހިގެން އެ ރަށު މަރުކަޒަށް އައިސް ފަރުވާ ހޯދި ކަމަށާއި އޭނާގެ ހަށިގަނޑުގެ 90 ޕަސެންޓު ފިހިފައިވާ ކަމަށެވެ.

އޭނާގެ ހާލު ސީރިއަސްކަމުން ބަލަނީ އެ އަތޮޅު ތިނަދޫ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދެވޭތޯ ކަމަށް ވެސް ޝަހީދާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox