އެންމެ 90 މިލިއަން ރުފިޔާއިން ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ތާށިވެދާނެ: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "އަދަދު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "އަދަދު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް، ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 90 މިލިއަން ރުފިޔާއިން އެ އިންތިހާބުގެ ދެ ބުރު ބޭއްވުމުގައި ތާށިތަކެއް ކުރިމަތިވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ދެ ބުރު އޮވެދާނެ ކަމަށް ބަލައިގެން 120 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އީސީން މީގެ ކުރިން ވެސް ބުނެފައިވެ އެވެ. އިންތިހާބުގެ ބަޖެޓަށް 90 މިލިއަން ރުފިޔާ ހިމަނާފައި ވަނީ އެ ކޮމިޝަނުން އެހެން ބުނެފައި އޮއްވަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އީސީގެ ރައީސް ފުއާދު ތައުފީގު "އަދަދު" އަށް ވިދާޅުވީ މިހާރު ކަނޑައެޅިފައިވާ ބަޖެޓުން ވެސް އިންތިހާބުގެ ފުރަތަމު ބުރު އެއްވެސް ދަތި ކަމެއް ނެތި ބޭއްވޭނެ ކަމަށެވެ. އެކަމަކު ދެވަނަ ބުރަކަށް ގޮސްފި ނަމަ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"90 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ދެއްވާފައި މި ވަނީ، އެ އަދަދުން ވެސް ފުރަތަމަ ބުރު އެއްވެސް ދަތިތަކެއް ކުރިމަތިނުވެ އަޅުގަނޑުމެންނަށް ބޭއްވޭނެ، ދެވަނަ ބުރު ބާއްވާ ހިސާބުން ތާއްޓެއް އެރިޔަސް އަރާނީ،" ފުއާދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ކަމަށް ބެލެވެނީ ވޯޓުލީ ރައްޔިތުންގެ 50 އިންސައްތަ އަދި އިތުރަށް އެއް ވޯޓު މަދުވެގެން ހޯދައިގެންނެވެ.

ފުރަތަމަ ބުރުގައި، ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް އެ ނިސްބަތަށް ވޯޓު ނުލިބޭ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނެ އެވެ. މީގެ ކުރިން 2008 އަދި 2013 ވަނަ އަހަރު ވެސް ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހިފައިވެ އެވެ.

އޭގެ އިތުރަށް ފުއާދު ވިދާޅުވީ މީގެ ކުރީގެ އިންތިހާބުތަކުގައި އެ ކޮމިޝަނުން ބޭނުންކޮށްފައިވާ ގިނަ ތަކެތި މިހާރު ގިނަ ދުވަސްވެ ބާވެފައިވާ ކަމަށެވެ. ބައެއް ތަކެތި ބޭނުންނުކުރެވޭ ވަރަށް ހަލާކު ވެސް ވެފައިވާތީ، މުޅީން އާ ތަކެތި ވެސް ހޯދަން ޖެހިފައިވާ ކަމަށެވެ.

"ވަގުތުން ބަޖެޓް ހަމަނުޖެއްސުނަސް، ފަހުން އިތުރަށް ފައިސާ ބޭނުން ވުމުން މީގެ ކުރިން ވެސް ސަރުކާރުން ހަމަޖައްސައިދީފައި ހުރީ. އަޅުގަނޑަށް މި ފަހަރު ވެސް ޔަގީން ބަޖެޓް ހަމަޖައްސައިދޭނެ،" ބޭނުންވި ވަރަށް އަދި ބަޖެޓް ހަމަޖެހިފައި ނެތަސް އަދި ކަންބޮޑުވުމެއް ނެތް ކަމަށް ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ނިކުންނަ ޕާޓީތައް

ރިޔާސީ އިންތިހާބަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކުގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް، އަލަށް އުފެއްދި އެމްއެންޕީގެ އިތުރަށް އެމްޑީއޭ ހިމެނެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމްޑީއޭއިން ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ.

އެމްޑީޕީއާއި އެމްއެންޕީގެ ކެންޑިޑޭޓް ކަނޑައަޅަނީ ޕްރައިމަރީއަކަށް ފަހުގަ އެވެ. އެމްއެންޕީގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހު އޮންނާނެ އެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ. އެމްއެންޕީގެ ޕްރައިމަރީއަށް އަދި ޝައުގުވެރިކަން ފާޅުކުރެއްވީ އެ ޕާޓީގެ ރައީސް، މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަންޏެވެ.

އޭގެ އިތުރަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox