އަރުވާލެވިގެން 18 އަހަރު ހުންނެވުމަށްފަހު ސިއްކަ އަހުމަދު އިސްމާއިލް މާލެ ވަޑައިގެންފި

Dec 6, 2022, 8:26 AM
ސިއްކަ އަހުމަދު އިސްމާއިލް: މާލެ ވަޑައިގެންނެވީ ކޮޅުނބުގައި ދިރިއުޅުމަށްފަހު އަނބިކަނބަލުން ހާލުކޮޅު ދެރަވެގެން -- ފޮޓޯ:

ސިއްކަ އަހުމަދު އިސްމާއިލް: މާލެ ވަޑައިގެންނެވީ ކޮޅުނބުގައި ދިރިއުޅުމަށްފަހު އަނބިކަނބަލުން ހާލުކޮޅު ދެރަވެގެން -- ފޮޓޯ:

އަވައްޓެރި ސްރީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން 18 އަހަރު ހުންނެވުމަށްފަހު އަހުމަދު "ބޮޑު ސިއްކަ" އިސްމާއިލް އިއްޔެގެ ވަގުތެއްގައި މާލެ ވަޑައިގެންފި އެވެ.

ސިއްކަ އަހުމަދު އިސްމާއިލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ މާލެ ވަޑައިގެންނެވީ އަނބިކަނބަލުންގެ ސިއްހީ ހާލުކޮޅު ދެރަވެގެންނެވެ.

އެނގިފައިވާ ގޮތުގައި ސިއްކަ މާލެ ވަޑައިގެން ހުންނަވަނީ މ. ދީފްރަމްގޭގަ އެވެ. އިއްޔެ އޭނާގެ އާއިލާއިން އެ ގެއަށް ޒިޔާރަތްކޮށްފައި ވެސް ވެ އެވެ.

ބޮޑު ސިއްކަ ސްރީ ލަންކާގެ ކޮޅުނބަށް ދިރިއުޅުން ބަދަލު ކުރެއްވީ ދެހާސް ވަނަ އަހަރުގެ ކުރީކޮޅު ސިޔާސީ މައިދާން ހަލަބޮލިވެ، މާލޭގެ ސިޔާސީ މީހުން އަދި ކަމުވޮށިގެންވާ ބޭފުޅުންނަށް ނުރައްކާތަކެއް ކުރިމަތިވުމުންނެވެ.

ބޮޑު ސިއްކަ އޭނާގެ ބައެއް އާއިލާގެ ބޭފުޅުންނާއެކު: ކޮޅުނބަށް ދިރިއުޅުން ބަދަލު ކުރީ ދެހާހުގެ ކުރީކޮޅު -- ފޮޓޯ:
ބޮޑު ސިއްކަ އޭނާގެ ބައެއް އާއިލާގެ ބޭފުޅުންނާއެކު: ކޮޅުނބަށް ދިރިއުޅުން ބަދަލު ކުރީ ދެހާހުގެ ކުރީކޮޅު -- ފޮޓޯ:

ބޮޑު ސިއްކަ އޭނާގެ އާއިލާގެ ބައެއް ބޭފުޅުންނާއެކު: ކޮޅުނބަށް ދިރިއުޅުން ބަދަލު ކުރީ ދެހާހުގެ ކުރީކޮޅު -- ފޮޓޯ:

ސިއްކަ އަހުމަދު އިސްމާއިލްއަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެ އެވެ.

މީގެ 33 އަހަރު ކުރިން ދިވެހިރާއްޖޭގެ ވެރިކަން ވައްޓާލުމަށް ތަމަޅައިގެންގެ ބަޔަކާއެކު ދިވެހިންތަކެއް ބަޑި ހިފައިގެން މާލެ އެރި މައްސަލައިގައި އެ އުދުވާނީ ހަމަލައިގައި ބައިވެރިވި ކަމަށް ސާބިތުވެ ބޮޑު ސިއްކަގެ މައްޗަށް އޮތީ ހުކުމެއްކޮށްފަ އެވެ. ނަމަވެސް ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އޭނާއަށް އަފޫއާމް ދެއްވައިފަ އެވެ.

އުދުވާނީ ހަމަލައިގައި ބައިވެރިވިކަން ސިއްކަ އަހުމަދު އިސްމާއިލް އެކަމަށް އަބަދުވެސް އިއުތިރާޒް ކުރައްވަ އެވެ. މި އަހަރުގެ ނޮވެމްބަރު 3، ވަނަ ދުވަހާ ގުޅިގެން ނަޝީދު ވަނީ ބޮޑުބޭބޭފުޅު ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭ. އޭނާއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތްމައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފް ބަޔާނަކީ ބޮޑު އޮޅުވާލުމެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox