ނަފުސާނީ ސިއްހަތަށް ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕޭން "ކިހިނެއް؟" ލޯންޗުކޮށްފި

ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހިންގާ ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން، "ކިހިނެއް؟" ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ.

ރައީސް މި ކެމްޕޭން އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

އެޗްޕީއޭ ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދުތަކަކީ ރައްޔިތުންގެ ގާބިލުކަން އިތުރުކޮށް، އުނދަގޫ އިހުސާސްތައް ކުރިމަތިވުމުން އެކަން ތަހައްމަލުކުރަން ދެނެގަނެ އެކަންކަމުން އަރައިގަތުމުގެ ގާބިލުކަން އުފެއްދުމާއި، އަމިއްލަ ނަފްސަށް އަޅާލުމަށް ކުރަންޖެހޭ ކަންކަން އެނގި އެކަން ކުރެވޭނެ ގާބިލުކަން އުފެއްދުމާއި، ވިސްނުމުގެ ތަފާތު ހުރި ނަމަވެސް އެންމެން އެކުގައި އުޅެވޭނެ ބާރުވެރި އަދި އަޅާލާ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށްޓަކާއި އެޗްޕީއޭއިން ވަނީ މި އަހަރުގެ ތެރޭގައި ރެޕިޑް އެސެސްމެންޓެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އެޖެންސީއިން ބުނި ގޮތުގައި މި އެސެސްމަންޓުން ރާއްޖޭގެ މާހައުލުގައި ނަފްސާނީ ސިއްހަތަށް ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް ވަނީ ދެނެގަނެވިފަ އެވެ. މިއަދު ފެށުނު ކެމްޕޭން ބިނާވެފައިވަނީ އެ ހޯދުންތަކުގެ މައްޗަށެވެ.

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބަލާއިރު، އެޗްޕީއޭއިން ބުނެފައިވަނީ ދުނިޔޭގެ މައި ސިއްހީ އިދާރާ ޑަބްލިއުއެޗްއޯއިން ގައިންގަޔަށް ނާރާ ބަލިތަކާއި ބެހޭގޮތުން ހަދާފައިވާ ސާވޭއަކުން ދައްކާގޮތުން ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްވާ މީހެއް ކަމަށެވެ.

އޭގެ އިތުރުން ނަފްސާނީ ބަލިތަކަށް ހޯދާ ފަރުވާއަކީ ގިނަ ވަގުތާއި ފައިސާ ހޭދަވާ ކަމެއް ކަމާއި، ނަފްސާނީ ބަލިތަކަށް އެކަށޭނަ ހައްލެއް ނުވަތަ ފަރުވާއެއް ނުލިބުން އެއީ ގައުމުގެ އުފެއްދުންތެރިކަމަށްވެސް ސީދާ އަސަރުކުރާނެ ކަމެއް ކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

މިއަދު ފެށި ކެމްޕޭނަކީ މިފަދަ ބަލިތައް ކުރީބައިގައި ދެނެގަނެ އެކަށޭނަ ފަރުވާއާއި އަޅާލުން ހޯދާނެ ގޮތުގެ އިތުރުން އަމިއްލަ މީހާގެ ނަފްސާނީ ދުޅަހެޔޮކަން ރައްޔިތުންގެ ކިބައިގައި ގާއިމުކުރުމަށް ފެށިގެންދިޔަ ކެމްޕޭނެކެވެ.

އެގޮތުން، ޔުނިސެފްގެ އެހީތެރިކަމާއެކު އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ ދިވެހިން ނަފްސާނީ ދުޅަހެޔޮކަން ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox