ރާއްޖޭގެ ޖައްވު ނުސާފުކޮށް ފެންނަނީ ހިރަފުހާއި ދުމުގެ ސަބަބުން: މެޓް އޮފީސް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހދ. ހަނިމާދޫން ނަގާފައިވާ މި ފޮޓޯއިން އެ ފެންނަނީ އޭރު އެ ސަރަހައްދުގެ ޖައްވު ނުފާޒުވެފައިވާ މިންވަރު. -- ފޮޓޯ: މެޓް އޮފީސް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހދ. ހަނިމާދޫން ނަގާފައިވާ މި ފޮޓޯއިން އެ ފެންނަނީ އޭރު އެ ސަރަހައްދުގެ ޖައްވު ނުފާޒުވެފައިވާ މިންވަރު. -- ފޮޓޯ: މެޓް އޮފީސް

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޖައްވު ނުސާފުކޮށް ފެންނަނީ އިންޑިއާއިން އަންނަ ދުމާއި ހިރަފުހުން ކަމަށް މޫސުމާ ބެހޭ ގައުުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން އިއްޔެ ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް ޖައްވު ނުސާފުކޮށް ފެންނަ ކަމަށެވެ. އެއީ ވަޔާއެކު، ހިމާލަޔަން ސަރަހައްދުން ބޭ އޮފް ބެންގަލް ހުރަސްކޮށް އަންނަ ދުމާއި ހިރަފުހުގެ ސަބަބުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ ޖައްވު ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށާއި މިކަން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ދެމިގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޮންމެ އަހަރަކުވެސް މި ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ އުތުރާ މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގެ ޖައްވު ނުސާފުވެ އެވެ. އާންމުކޮށް މޫސުން ރަނގަޅު ނަމަ ރާއްޖޭގައި ދުރު ފެންނަ މިންވަރަކީ ގާތްގަނޑަކަށް 10 ކިލޯ މީޓަރެވެ. ނަމަވެސް ޑިސެމްބަރު މަހުން ފެށިގެން މާޗްމަހުގެ ނިޔަލަށް 4-5 ކިލޯމީޓަރާއި ހަމައަށް ދުރުފެންނަ މިންވަރު ދަށްވެއެވެ.

ޖައްވު ނުސާފުކޮށްލާފައިވާ ހިރަފުހުގެ ސަބަބުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން އެކަށީގެންވާ ކަމަށާއި މި ދުވަސްވަރު ވާރޭފެން ނެގުމާއި ބޭނުންކުރުމުގައި ސާފުތާހިރު ކަމަށް އިތުރަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox