އިދިކޮޅުގެ އިސްލާހުތައް ބޭރުކޮށް، 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް؛ ބަޖެޓު ފާސްކޮށްފައިވަނީ އިދިކޮޅުގެ އިސްލާހުތައް ބޭރުކޮށްލުމަށްފަހު--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް؛ ބަޖެޓު ފާސްކޮށްފައިވަނީ އިދިކޮޅުގެ އިސްލާހުތައް ބޭރުކޮށްލުމަށްފަހު--- ފޮޓޯ: މަޖިލިސް

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ހުށަހެޅި އިސްލާހުތައް ބޭރުކޮށްލުމަށްފަހު، އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން ހުށަހެޅި ބަޖެޓަށް ކޮމިޓީ މަރުހަލާގައި ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

2023 ވަނަ އަހަރުގެ ބަޖެޓަށް ކޮމިޓީން ގެނެސްފައި ވަނީ ޖުމްލަ ތިން އިސްލާހެކެވެ;

އޭގެ ތެރޭގައި ހިމެނެނީ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް 36 މިލިއަން ރުފިޔާ އިތުރު ކުރުމާއި، ޕީއެސްއައިޕީއަށް 124 މިލިއަން ރުފިޔާ އިތުރު ކުރުން އަދި ކޮންޓެންޖެންސީ ބަޖެޓުން 25 މިލިއަން ރުފިޔާ އުނިކޮށް، އެ ފައިސާ އައްޑޫ ގަމުގައި ދޫގަސް ތަރައްގީ ކުރުމަށް ހަމަޖެއްސުމަށެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި މިވަނީ ޖުމްލަ 11 ރިކޮމެންޑޭޝަނަކާ އެކު އެވެ. އެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި އަންނަ އަހަރަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުތައް ލިބޭނެކަން ކަށަވަރު ކުރުމަށް ދުރާލާ ގައުމުތަކާއި ޖަމްއިއްޔާތަކާ އެކު މަޝްވަރާ ކުރުން ހިމެނެ އެވެ. އަދި އާސަންދައިގެ ހިދުމަތްތައް ހަރުދަނާކޮށް، ބޭކާރު ހަރަދު ކުޑަކުރުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހަމަޖެއްސުން ހިމެނެ އެވެ.

މީގެ އިތުރުން، ކައުންސިލުތަކުގެ މާލީ ކަންކަން ގާނޫނާއި، ގަވައިދާއި އުސޫލާ ހިލާފަށް ކުރާ ކައުންސިލުތަކުގެ ބްލޮކް ގްރާންޓް ހިފެހެއްޓުމާއި ސަބްސިޑީގެ ނިޒާމު މުރާޖައާ ކުރުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ހަރަދުތައް ބެޖެޓުން ހަމަޖެއްސުމަށް ވެސް ކޮމިޓީން ރިކޮމެންޑް ކޮށްފައި ވެއެވެ. ކޮމިޓީން ވަނީ ބަޖެޓުގެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ބެލެވޭނަމަ ދުރާލާ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް ވެސް ރިކޮމެންޑް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ރިޕޯޓު ފާސްކުރުމަށް ނެގި ވޯޓުގައި 61 މެންބަރުން ވޯޓު ދެއްވީ ބަޖެޓު ފާސްކުރުމަށެވެ. ފާސްކުރަން ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވެވި އެވެ.

އިދިކޮޅުގެ އެއްވެސް އިސްލާހެއް ފާސްނުވި

ބަޖެޓަށް ވޯޓު އެހުމުގެ ކުރިން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ ބަޖެޓު ރިޕޯޓަށް ގިނަ އިސްލާހެއް ހުށަހަޅާފަ އެވެ.

އެހެންނަމަވެސް މީގެ ތެރެއިން އެއްވެސް އިސްލާހެއް ފާސްވެފައި ނުވެ އެވެ.

ބަޖެޓުން އިދިކޮޅުން ހުށަހެޅި އިސްލާހުތަކަކީ:

  • އަރަބިއްޔާ ސުކޫލުގެ އިމާރާތް ކުރުމަށް އިތުރު އަށް މިލިއަން ހިމެނުން
  • ފޮރިން މިނިސްޓްރީގެ ބަޖެޓުން 20 ޕަސެންޓު އުނިކޮށް، ބާކީބައި އަރަބިއްޔާ އިމާރާތަށް ކަނޑައެޅުމަށް
  • ހާއްސަ ބަޖެޓުގެ 11 ބިލިއަން ރުފިޔާ ތިން މިލިއަނަށް ކުޑަކުރުމަށް
  • ކެޕިޓަލް ދޫކުރުމަށް ހިމަނާފައިވާ ހަތް މިލިއަން ރުފިޔާ 25 ޕަސެންޓަށް ކުޑަކުރުމަށް
  • ކޮންޓިޖެންސީ ބަޖެޓު 100 މިލިއަން ރުފިޔާއަށް ކުޑަކުރުމަށް
  • ސިޔާސީ މުވައްޒަފުންގެ މުސާރައިން 50 އިންސައްތައިން ކުޑަކޮށް، ބާކީ މަސްވެރިންގެ ސަބްސިޑީއަށް ހިމެނުމަށް
  • ސަރުކާރުގެ ދަތުރުތަކަށް ކަނޑައަޅާފައިވާ ބަޖެޓު 50 އިންސައްތައަށް ކުޑަކުރުމަށް
  • މަސްވެރިންނަށް ލޭންޑޭޑް ޕްރައިޒްގައި މިފްކޯއިން ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމަށް

އިދިކޮޅުން ހުށަހެޅި އިސްލާހުތަކުގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވެސް އިސްލާހުތަކެއް ހުށަހެޅުއްވި އެވެ.

އިބްރާހިމް ރަޝީދު ހުށަހެޅުއްވީ މިދިޔަ އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ކޮމްޕޯނެންޓްތައް ވަކިވަކިން އަދި ސަރުކާރު ކުންފުނިތަކަށް ލިބޭ މިންވަރުގެ އިތުރުން ފިއުލް ސަބްސިޑީ ލިބޭ ފަރާތްތައް ވަކިވަކިން ތަފްސީލުކުރުމަށެވެ.

އަދި، 2022 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ހުށަހެޅި ހާއްސަ ބަޖެޓުން ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރި އަދަދު ތަފްސީލުކޮށް، ސިސްޓެމެޓިކް ޕްލޭނެއް ހިމެނުމަށެވެ.

އެމްޑީޕީގެ ގިނަ މެންބަރުންގެ ވޯޓާއެކު މި އިސްލާހު ވަނީ ބޭރުކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox