ސަރުކާރުން އާ ހަަތަރު ދާއިރާއަކުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލަނީ

ރައީސް ސޯލިހާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު؛ ހަތަރު ދާއިރާއަކުން އާ ސްކޮލާޝިޕް އިއުލާން ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި

ރައީސް ސޯލިހާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު؛ ހަތަރު ދާއިރާއަކުން އާ ސްކޮލާޝިޕް އިއުލާން ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލު ކުރުމަށް ސަރުކާރުން ހަތަރު ދާއިރާއަކުން ސްކޮލާޝިޕް ދޭން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި ސްކޮލާޝިޕް ފުރުސަތުތައް ހުޅުވާލާނީ މި ހަފްތާ ބަންދުގައި އެ މިނިސްޓްރީ އާއި، ޔޫތު މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިިސްޓްރީ ގުޅިގެން ބާއްވާ ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯގެ ތެރެއިން ކަމަށެވެ.

މި އެކްސްޕޯގެ ތެރެއިން ތިން ގައުމެއްގައި ހަތަރު ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. އޭގެ ތެރޭގައި، ސްޕެއިންގެ ބާސެލޯނާއިން ޕައިލެޓުކަން ކިޔެވުމާއި، ޖޯޑަންއިން އެއާކްރާފްޓް މެއިންޓެނެސްސް ދާއިރާއިން ޑިޕްލޮމާ ކިޔެވުމުގެ ފުރުސަތު ހިމެނެ އެވެ.

ހަމައެއާއެކު މެލޭޝިޔާއިން ކަލިނަރީ އާޓްސް ދާއިރާއިން ޑިޕްލޮމާ ކިޔެވުމާއި، އިންޓީރިއާ ޑިޒައިނިން ދާއިރާއިން ޑިޕްލޮމާ ކިޔެވުމަށް ވެސް ސަރުކާރުން ސްކޮލާޝިޕް ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ދާއިރާތަކުން ކިޔެވުމަށް ސަރުކާރުން ހުރިހާ ހަރަދެއް ދޭނެ ކަމަށް މިނިސްޓަރު އިބްރާހިމް ހަސަން ވަނީ ވިދާޅުވެފަ އެވެ.

މި ސްކޮލާޝިޕްތަކާ ބެހޭ މާބޮޑު ތަފްސީލެއް ހާމަ ނުކުރައްވާ މިނިސްޓަރު ވަނީ، ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯއަށް ޒިޔާރަތް ކުރުމަށް ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާފަ އެވެ.

އެ އެކްސްޕޯ އޮންނާނީ، މިއަދާއި މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން 6:00 އަށް ރޭގަނޑު 8:00 އިން 10:00 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox