ހުސައިން ހިލާފުވީ ޕީޕީއެމްގެ ވިޕްލައިނަކާ، އެ މައްސަލަ ބަލަނީ

އިދިކޮޅުން މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި މެންބަރު ހުސައިން އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް؛ ހުސައިން ތްރީލައިން ވިޕަކާ ޚިލާފުވި ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލީސް

އިދިކޮޅުން މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި މެންބަރު ހުސައިން އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް؛ ހުސައިން ތްރީލައިން ވިޕަކާ ޚިލާފުވި ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލީސް

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ފާސްކުރަން ފެންނަ ކަމަށް ޕީޕީއެމަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވޯޓް ދެއްވައިގެން ޕާޓީގެ ވިޕްލައިނަކާ ހިލާފުވެފައިވާ ކަމަށް އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑާޝިޕުން ބުނެފި އެވެ.

ޖީއެސްޓީ ހަ ޕަަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު ފާސްކުރަން ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވާއިރު، ދެން އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމާއި ޕީއެންސީގެ ހަތް މެންބަރުން ވޯޓު ދެއްވީ ފާސްކުރަން ނުފެންނަ ކަމަށެވެ.

އެ ބިލުގެ ބަހުސްގައި ވެސް ޕީޕީއެމާއި ޕީއެންސީގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދެވީ ދުނިޔެއާއި ރާއްޖޭގެ އިގްތިސޯދު ދަށްވެ އާންމުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި، ޓެކްސް ބޮޑުކުރުމާ ދެކޮޅަށެވެ.

އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް، އިދިކޮޅު ކޯލިޝަނުން މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފެރެންސް ފައްޓަވައިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވެސް ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބިލު ތަސްދީގު ނުކުރެއްވުމަށެވެ.

ޕީޕީއެމާއި ޕީއެންސީގެ ސްޓޭންޑް އެ ގޮތަށް އޮއްވައި ހުސައިން ވޯޓު ދެއްވި ގޮތާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން އާދަމް ޝަރީފް ވިދާޅުވީ ޓެކްސްގެ ބިލަށް ވޯޓު ނުދޭ ގޮތަށް އެ ދެ ޕާޓީގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ތްރީލައިނެއް ވިޕެއް ވެސް ނެރެފައިވާ ކަމަށެވެ.

"އެކަމާ [ހުސައިން ތްރީލައިން ވިޕާ ހިލާފުވުމާ] ގުޅިގެން އަޅުގަނޑުމެންގެ ޕާޓީން ވެސް އޮންނަ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ކުރާނަން،" ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ މައްސަލަ ބަލާއިރު ވެސް ޕާލިމެންޓްރީ ގްރޫޕުން އިސްކަން ދޭނީ ޕާޓީގެ ރޫހު ދެމެހެއްޓުމަށާއި، ޕާޓީ ބަދަހިކޮށް ބޭއްވުމަށް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފެރެންސްގައި ވެސް ހުސައިން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެ ކޮންފެރެންސްގައި ޕީޕީއެމާއި ޕީއެންސީގެ އެހެން ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

މިކަމުގައި އޭނާގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ވެސް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox