ސްޓެލްކޯގެ ޗައިލްޑު ކެއާ ސެންޓަރަށް ރައީސް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުްހޫރިއްޔާގެ ދެކަނބަލުން ސްޓެލްކޯގެ ޗައިލްޑު ކެއާ ސެންޓަރު ބައްލަވާލައްވަނީ -- ފޮޓޯ: ޓުވިޓާ

ރައީސުލްޖުްހޫރިއްޔާގެ ދެކަނބަލުން ސްޓެލްކޯގެ ޗައިލްޑު ކެއާ ސެންޓަރު ބައްލަވާލައްވަނީ -- ފޮޓޯ: ޓުވިޓާ

ސްޓެލްކޯގެ މުވައްޒަފުންގެ ދަރިންނަށް ހާއްސަކޮށްގެން މިދިޔަ ހަފްތާގައި އެ ކުންފުނިން ހުޅުވި ޗައިލްޑު ކެއާ ސެންޓަރު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު އެތަނަށް ޒިޔާރަތް ކުރައްވައިފި އެވެ.

މިއީ ރައްޔިތުންނަށް އިޖްތިމާއީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން ސްޓެލްކޯއިން ގާއިމު ކުރި ސެންޓަރެކެވެ.

ރައީސްގެ ދެކަނބަލުން ވަނީ މިއަދު އެތަނަށް ޒިޔާރަތް ކުރައްވައި އެތަނުގައި ކަންކަން އިންތިޒާމު ކުރެވިފައިވާ ގޮތް ބައްލަވާލައްވައި އެ ތަނުގައި ތިބި ކުދީންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްޓެލްކޯ ޗައިލްޑު ކެއާ ސެންޓަރުގައި ތިބި ކުދީންނާއި އެކު ވަގުތު ކޮޅެއް ހޭދަ ކުރައްވަނީ -- ފޮޓޯ: ޓުވިޓާ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްޓެލްކޯ ޗައިލްޑު ކެއާ ސެންޓަރުގައި ތިބި ކުދީންނާއި އެކު ވަގުތު ކޮޅެއް ހޭދަ ކުރައްވަނީ -- ފޮޓޯ: ޓުވިޓާ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްޓެލްކޯ ޗައިލްޑު ކެއާ ސެންޓަރުގައި ތިބި ކުދީންނާއި އެކު ވަގުތު ކޮޅެއް ހޭދަ ކުރައްވަނީ -- ފޮޓޯ: ޓުވިޓާ

ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި އެމީހުންގެ ދަރިން ބޭތިއްބޭނެ ރައްކާތެރި، އިތުބާރުކުރެވޭ މާހައުލެއް ހޯދައިދިނުމުގެ މަގުސަދުގައި އެ ކުންފުނިން ގާއިމު ކުރި އެ ސެންޓަރު ހުންނަނީ ސްޓެލްކޯގެ މައި އިމާރާތުގެ އެއްވަނަ ފަންގިފިލާގަ އެވެ. އެތަނުގައި މިހާތަނަށް 33 ކުއްޖަކު ރެޖިސްޓްރީ ވަނީ ކޮށްފަ އެވެ.

އެތަން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ އެ ސެންޓަރަކީ ސަރުކާރުން ސްޓެލްކޯގެ މުވައްޒަފުންނަށް ދެއްވި ހަދިޔާއެއް ކަމަށާއި އެ ހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން ކަމަށެވެ.

އުމުރުން ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ ކުދީންނަށް ހާއްސަކޮށްގެން ހިންގާ އެ ސެންޓަރުގައި ތިބެނީ ކަމަށް ގާބިލު އަދި ކުދިން ގެންގުޅުމުގެ ހުނަރު ހުރި މުވައްޒަފުންނެވެ. ކުދިންގެ އުމުރާ ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި ކުޅިވަރުގެ ތެރެއިން އުނގެނުމަށް ވެސް އިސްކަންދީގން ހިންގާ އެ ސެންޓަރުގައި ކުޑަކުދިން ކުޅޭ އެކި ވައްތަރުގެ ސާމާނާއި، ކިޔެވުމާއި، ކުރަހައި ކުލަ ޖެއްސުމަށް ބޭނުން ކުރާ ސާމާނުގެ އިތުރުން ފޮތް ހަރުގަނޑެއް ވެސް ހުރެ އެވެ.

މަސައްކަތު މާހައުލުގައި އަންހެނުން ބާރުވެރިކުރުވުމާއި ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރު އެޅުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެ ސިޔާސަތުގެ ދަށުން މީގެ ކުރިން ރައީސް ވަނީ ވަޒީފާ އަދާ ކުރާ ކޮންމެ މަންމައަކަށް މެޓާނިޓީ ލީވްގެ ގޮތުގައި، މުސާރައާ އެކު ހަ މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ ގޮތާއި، ކޮންމެ ބައްޕައަކަށް މުސާރައާ އެކު މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެ ގޮތް ހައްދަވައިދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox