އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަކުރެވޭނެ ކަމުގެ އުންމީދު މި ހަތަރު އަހަރުން ބޮޑުވެއްޖެ: ރައީސް

އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަކުރެވޭނެ ކަމުގެ އުންމީދު މި ހަތަރު އަހަރުން ބޮޑުވެއްޖެ: ރައީސް

އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަކުރެވިދާނެ ކަމުގެ އުންމީދު ފާއިތުވީ ހަތަރު އަހަރުގެ ތެރޭގައި ވަރަށް ބޮޑުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މީގެ ހަތަރު އަހަރު ކުރިން އެމަނިކުފާނު އެމަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ރާއްޖެ އޮތް ހާލަތު ހަނދާން އާ ކުރައްވާފަ އެވެ.

"އެ ދުވަހު ގައުމުގާ އޮތީ ހާސްކަމާ ކަންބޮޑުވުމާއި ނުތަނަވަސްކަމާއި ބިރުވެރިކަން، ސަބަބަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކާ މިނިވަންކަން ލިބިދިނުމުގައި ކަށަވަރުކަމެއް ނެތުން، އެއްބަސްނުވާ ކޮންމެ މީހަކު ވެފައިވަނީ ވެރިކަމުގެ ހަތުރަކަށް،" އެ ދުވަހުގެ ހަނދާންތައް އާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވަ ޑިމޮކްރެސީގެ ހަމަތައް ނަގާލައި، އެ ދުވަހުގެ ހާލަތު އޮތީ "އިންސާފު ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ" ހިސާބުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ ދަލާއި ލޭ އޮހޮރުވައިގެން ލިބިގަތް އާ ގާނޫނު އަސާސީ އޭގެ އާރޯތާނާ ކަމުގާ ވަނިކޮށް، މި ރާއްޖެ ވައްޓާލެވިދާނެ ހާލަތެއް ކަމަށް ހިތަށް ގެންނަން ވެސް ދަތިވި، ހިތަށް ނާރާ، ހިތްދަތި މި ދެންނެވި ހިތި ތަޖުރިބާ އެދުވަހު ކުރަން ޖެހުނު،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުން އެއިރު ބޭނުންވީ އެ ހާލަތު ބަދަލުކޮށް، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫއަ ކުރުމަށް ކަމަށާއި މި ފާއިތުވީ ހަތަރު އަހަރު ދުވަހު މަސައްކަތް ކުރެއްވީ އެ އިސްލާހު ގެނައުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން، ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު ކުރިއަށް ގޮސް، ސިޔާސީ ޒުވާބާއި ހަސަދަ އާއި ޖަދަލާއި ނަފްރަތުން މުޖުތަމައު ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ދެމިހުންނާނީ އެ ގޮތުގައި ކަމުގެ ޔަގީން ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.

އެހެންނަމަވެސް، އޯގާތެރި ސަރުކާރެއްގެ ސިފަތައް އެންމެ ހަތަރު އަހަރުން ފުރިހަމަވެ ނުނިމޭނޭ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އެނގި ހާމަވެ ސާފުވި އެންމެ ބޮޑު ހަގީގަތަކީ އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަ ކުރެވޭނެ ކަމުގެ އުންމީދު މި ހަތަރު އަހަރުން އިންތިހާއަށް ބޮޑުވެފައިވާ ކަން،" ރައީސް ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މިރޭގެ ޖަލްސާގައި ވަނީ މަތީ ދަރަޖަ ހޯދާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox