ފާޑުކިޔުންތަކާ އެކު ޕްރެޝަރު ބޮޑުވެ މެދުޒިޔާރަތުގައި ނެގި ދިދަތައް ބާލަން ސަރުކާރުން ނިންމައިފި

Nov 11, 2022, 12:59 PM
ފާޑުކިޔުންތަކާ އެކު ޕްރެޝަރު ބޮޑުވެ މެދުޒިޔާރަތުގައި ނެގި ދިދަތައް ބާލަން ސަރުކާރުން ނިންމައިފި

ގިނަ އަހަރުތަކަކަށް ފަހު ރާއްޖެ އިސްލާމް ކުރެއްވި މޮރޮކޯގެ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ މެދުޒިޔާރަތުގައި ދިދަ ނަގަން ފެށުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން 24 ގަޑިއިރު ނުވަނީސް އެ ދިދަތައް ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.

ތާރީހުން އެނގެން އޮތް ގޮތުގައި މެދުޒިޔާރަތުގައި އެންމެ ފަހުން ދިދަ ނަގާފައިވަނީ މީގެ 30 ވަރަކަށް އަހަރަކަށް ކުރިން، 1970 ގެ އަހަރުތަކުގަ އެވެ.

އިއްޔެ އަލުން ދިދަ ނަގާފައިވަނީ އެއިރުގެ ފޮޓޯތަކުން ފެންނަން ހުރި ގޮތަށް ތިން ކަން ލާފައި ހުރި ބޮޑު ދިދައަކާއި ކުދި ދިދަ އެކެވެ. ދިދައިގެ ވަށައިގެން ހުންނަނީ ގައުމީ ކުލަތަކުގެ ބޯޑަރެއް ލައިފަ އެވެ. ބޮޑު އެއް ދިދައިގެ އިތުރުން ދެން ޖަހާފައިވަނީ މެދު ސައިޒުގެ 10 ދިދައާއި ޒިޔާރަތުގެ ވަށައިގެން ކުޑަ 24 ދިދަ އެވެ.

މި ދިދަތައް ނެގުމާ އެކު ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފަ އެވެ. އެގޮތުން، އެއީ ސަގާފީ ކަމެއް ނޫން ކަމަށާއި އެއީ އެއީ މުންކަރާތެއް ދިރުވުމަށް ކުރަމުންދާ ކަމެއް ކަމަށް ބުނެފަ އެވެ. އިސްލާމް ދީނުގައި އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް ވެސް ދީނީ ބައެއް އިލްމުވެރިން ވަނީ ބުނެފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ދިދަތައް ނަގަން އެންގީ ފާޑުކިޔުންތައް ގިނަވެ ޕްރެޝަރު ބޮޑުވުމުންނެވެ.

ސަރުކާރުން އެ ދިދަތައް ޖެހީ ދިނީ ގޮތުން އެއްވެސް ކަމެއް ޕްރޮމޯޓު ކުރުމުގެ ނިޔަތެއްގައެއް ނޫނެވެ. އެއީ ޒިޔާރަތްތަކާއި އާސާރީ ތަންތަން އިހު ހުރި ގޮތަށް އާންމުންނަށް ދައްކާލުމުގެ މަގުސަދުގައި ފެށި ކަމެއް ކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެ އެވެ.

މެދުޒިޔާރަތަށް މެދުޒިޔާރަތް ކިޔަން ފެށުނީ އެދުވަސްވަރު މާލޭގެ ބިން އޮތް ގޮތުން އެ ޒިޔާރަތް މާލޭގެ މެދުގައި ހުރުމުން ކަމަށް ތާރީހީ ލިޔުންތައް ބުނެ އެވެ. މެދުޒިޔާރަތް މިހާރު އެހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ.

އިހުގައި ދިވެހިންގެ މެދުގައި އޮތް ޒިޔާރަތްތަކަށް ނަދުރު ބުނުމުގެ ސަގާފަތުގެ ތެރެއިންް މެދުޒިޔާރަތުގައި ވެސް އެކަން ހިނގަމުން އައެވެ. ސަރުކާރުން އެކަން މަނާކުރީ 1957 ވަނަ އަަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox