30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގައި، އިހުގެ ސަގާފަތް ދިރުވަނީ

30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގައި، އިހުގެ ސަގާފަތް ދިރުވަނީ

ގިނަ އަހަރުތަކަކަށް ފަހު ރާއްޖެ އިސްލާމް ކުރެއްވީ މޮރޮކޯގެ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ މެދުޒިޔާރަތުގައި ދިދަ ނަގަން އިއްޔެ ފަށައިފި އެވެ.

ތާރީހުން އެނގެން އޮތް ގޮތުގައި މެދުޒިޔާރަތުގައި އެންމެ ފަހުން ދިދަ ނަގާފައިވަނީ މީގެ 30 ވަރަކަށް އަހަރަކަށް ކުރިން، 1970 ގެ އަހަރުތަކުގަ އެވެ.

އިއްޔެ އަލުން ދިދަ ނަގާފައިވަނީ އެއިރުގެ ފޮޓޯތަކުން ފެންނަން ހުރި ގޮތަށް ތިން ކަން ލާފައި ހުރި ބޮޑު ދިދައަކާއި ކުދި ދިދަ އެކެވެ. ދިދައިގެ ވަށައިގެން ހުންނަނީ ގައުމީ ކުލަތަކުގެ ބޯޑަރެއް ލައިފަ އެވެ. ބޮޑު އެއް ދިދައިގެ އިތުރުން ދެން ޖަހާފައިވަނީ މެދު ސައިޒުގެ 10 ދިދައާއި ޒިޔާރަތުގެ ވަށައިގެން ކުޑަ 24 ދިދަ އެވެ.

ހެރިޓޭޖު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު މިއަދު "އަދަދު" އަށް ވިދާޅުވީ މިއީ ޒިޔާރަތްތަކާއި އާސާރީ ތަންތަން އިހު ހުރި ގޮތަށް އާންމުންނަށް ދައްކާލުމުގެ މަގުސަދުގައި ފެށި ކަމެއް ކަމަށެވެ.

މެދު ޒިޔާރަތް އިހު ހުރި ގޮތުގެ ފޮޓޯއެއް-- ފޮޓޯ: ސަރުނަ/ އެމްއެންޔޫ
މެދު ޒިޔާރަތް އިހު ހުރި ގޮތުގެ ފޮޓޯއެއް-- ފޮޓޯ: ސަރުނަ/ އެމްއެންޔޫ

މެދު ޒިޔާރަތް އިހު ހުރި ގޮތުގެ ފޮޓޯއެއް-- ފޮޓޯ: ސަރުނަ/ އެމްއެންޔޫ

"މި ޖީލުގެ މީހުންނަށް މި ތަންތަން އިހު ހުރި ގޮތަށް ފެންނަ ގޮތް ހެދުމަކީ ވެސް މުހިންމު ކަމެއް، އަދި ތާރީހީ މުހިންމު ބިނާތަކަކަށްވީއިރު މިފަދަ ތަންތަނަށް ގައުމީ ލޯބި ޖެއްސުން ވެސް އެއީ މިކަމުގެ އެއް ބޭނުން،" ނާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިދަ ޖެހުމުގެ އިތުރުން، އިހުގައި ޒިޔާރަތުގެ އެތެރެ ހުރި ގޮތާ އެއްގޮތަށް ވެސް ބައެއް ބަދަލުތައް ވަނީ ގެނައުމަށް ނިންމާފަ އެވެ.

މެދުޒިޔާރަތަށް މެދުޒިޔާރަތް ކިޔަން ފެށުނީ އެދުވަސްވަރު މާލޭގެ ބިން އޮތް ގޮތުން އެ ޒިޔާރަތް މާލޭގެ މެދުގައި ހުރުމުން ކަމަށް ތާރީހީ ލިޔުންތައް ބުނެ އެވެ. މެދުޒިޔާރަތް މިހާރު އެހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ.

އިހުގައި ދިވެހިންގެ މެދުގައި އޮތް ޒިޔާރަތްތަކަށް ނަދުރު ބުނުމުގެ ސަގާފަތުގެ ތެރެއިންް މެދުޒިޔާރަތުގައި ވެސް އެކަން ހިނގަމުން އައެވެ. ސަރުކާރުން އެކަން މަނާކުރީ 1957 ވަނަ އަަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox