ބަޖެޓަށް އެންމެ ބޮޑެތި ފާޑުކިއުންތައް އެމްޑީޕީގެ އެތެރޭން!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ބަޖެޓް ފޮތް ބައްލަވަނީ. މަޖިލީހުގައި އެމްޑީޕީގެ ބައެއް މެމްބަރުން ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ބަޖެޓް ފޮތް ބައްލަވަނީ. މަޖިލީހުގައި އެމްޑީޕީގެ ބައެއް މެމްބަރުން ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަށް ވުރެ ވެސް ބޮޑަށް، އެމްޑީޕީ މެމްބަރުން އިއްޔެ ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި އިއްޔެ ކުރިއަށް ގެންދިޔަ ބަހުސްގައި ބަޖެޓަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގައި ނުރަސްމީކޮށް އުފެދިފައިވާ ދެ "ފެކްޝަނު"ގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް ބަޖެޓަށާއި ބަޖެޓާ ގުޅުވައި ސަރުކާރަށް ވެސް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ބަޖެޓަކީ ކޮންމެ ގައުމެއްގައި ވެސް ރައްޔިތުން ވަރަށް ބޮޑަށް އުއްމީދުކުރާ އެއްޗެއް ކަމަށާއި އެެއީ އެމީހުން ދިރިއުޅުމަށް އެ ބަޖެޓްގެ ސަބަބުން އަންނާނީ ކޮން ހެޔޮ ބަދަލެއްތޯ ބަލަން ބޭނުންވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ނަމަވެސް އެފަދަ ބަދަލެއް މި ބަޖެޓުން އަންނާނެ ކަމަށް އޭނާ ވާހަކަ ދެއްކެވި ރައްޔިތުން އުއްމީދުނުކުރާ ކަަމަށެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި .
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި .

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި .

"ހަމަ ގައިމު ވެސް ދިވެހި ރައްޔިތުންނަށް މި އުއްމީދެއް އަދި ބުނެދެވުނު ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެެވޭ،" އިލްޔާސް ވިދާޅުވި އެވެ.

ބޭރުން ހިލޭ އެހީގެ ގޮތުގައި ހޯދާނެ ކަމަށް ބަޖެޓްގައި ބޮޑު އަދަދެއް ޖަހާފައި ވިޔަސް، އެ އަދަދަށް ފައިސާ ހޯދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ މިދިޔަ ފަސް އަހަރު ދުވަހު ވެސް ބޭރުން ހޯދަން ބަޖެޓްގައި ޖެހި ފައިސާގެ ތެރެއިން ހޯދިފައި ވަނީ އެންމެ 50 ޕަސެންޓް ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހިނގާ އަހަރުގެ ބަޖެޓް، މިދިޔަ އަހަރު އަޅުގަނޑުމެން ފާސްކުރި އިރު ހިލޭ އެހީގެ ގޮތުގައި 3.2 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަޅުގަނޑުމެން ބަޖެޓްކޮށްފައި ވޭ، އެހެން ނަމަވެސް މި ބަޖެޓް މިއަހަރު މިހާ ހިސާބަށް އައިސްގެން އަޅުގަނޑު ބަލައިލިއިރު 600 މިލިޔަން ރުފިޔާ ލިބުނީ. ދެން ކިހިނެތްތޯ މިއަހަރު އަނެއްކާ 2.5 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަޅުގަނޑުމެން އަންދާޒާކޮށްފައި އެ އަދަދު ލިބޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީޫ،" އިލްޔާސް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ބަޖެޓް ކިތަންމެ ބޮޑު ވިޔަސް، ރައްޔިތެއްގެ ދިރިއުޅުމަށް ވާނެ ފައިދާއެއް ބަޖެޓުން ފެންނަ ނެތް ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި .
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި .

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި .

"އަޅުގަނޑަކަށް މީގެ އަދަދު ބޮޑުވިޔަސް، 42 ބިލިޔަން ފަސްދީ ދިޔައިރުގައި ވެސް އަޅުގަނޑަކަށް ނުފެނޭ މިއާ އެކީގައި ރައްޔިތެއްގެ ދިރިއުޅުމަށް ލިބުނު ތަސައްލީއެއް، ލިބުނު ފައިދާއެއް, މަންފާއެއް، ދަރައި ވިކުން ފިޔަވައި،" ވަހީދު ވިދާޅުވި އެވެ.

މިހިނގަމުންދާ އަހަރުގެ ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން ހަރަދުކޮށްފަައިވާ ފަައިސާ އަންނަ އަހަރުގެ ބަޖެޓްގައި ޖަހާފައި އޮތުމުން އެކަމށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެކެވެ.

"މަދަކަ ބައިވަރެއް ނޫން އިއްޒަތްތެރި ރައީސް, 5.8 ބިލިޔަން ރުފިޔާ" ވަހީދު ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ފޮނި އުންމީދުތަކަކާއެކު ފާސްކުރި ނަމަވެސް އަހަރު ނިމޭއިރު ބަޖެޓު ވެގެން ދަނީ ހަގީގަތާ ދުރު އެއްޗަކަށް ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ އަހަރުން އަހަރަށް ބަޖެޓު ބޮޑުވިނަމަވެސް ރައްޔިތުން ވަނީ އިތުރަށް ނިކަމެތި ކަމަށާއި ބަޖެޓު ހޭދަކުރަނީ ގާތް މީހުންނަށް ކަންކަން ކޮށްދިނުމަށް ކަމަށެވެ.

"ބަޖެޓުން ހޯދައިދޭ ހައްލަކީ ކޮބައިތޯ، ޑަސްޓްބިން އެބަ ކައި ޒުވާނުން، އަޅުގަނޑަކަށް ނުފެނޭ މިކަމެއް، ބަޖެޓުގެ އަދަދު ހެސްކިޔާފައި ބޮޑުކޮށް ޖަހަމުން އެބަދޭ،" އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ ބަޖެޓުގެ ޒަރީއާއިން ވިޔަސް އަދި އެހެނިހެން ގޮތަކުން ވެސް ގައުމެއްގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެވޭނީ އެ ތަނެއްގައި ކޮރަޕްޝަން ހުއްޓުވައިގެން ނަމަވެސް އެކަމަށް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

މިއީ ކޮރަޕްޝަންގެ ވާހަކަ ލަފުޒަކުން ބުނެލައިގެން ވާނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox