ކޯޓު މައްސަލަ ނިމެންދެން ދިރާގު ޓީީވީގެ ލައިސަންސް ދަމަހައްޓަން އަމުރުކޮށްފި

ދިރާގު އިމާރާތް: ކޯޓުން ބުނީ މައްސަލަ ނިންމުމުގެ ކުރިން ދިރާގު ޓީވީ ހުއްޓާލަންޖެހިއްޖެ ނަމަ އިއާދަނުކުރެވޭނެ ގެއްލުން ލިބިދާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ދިރާގު އިމާރާތް: ކޯޓުން ބުނީ މައްސަލަ ނިންމުމުގެ ކުރިން ދިރާގު ޓީވީ ހުއްޓާލަންޖެހިއްޖެ ނަމަ އިއާދަނުކުރެވޭނެ ގެއްލުން ލިބިދާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ސަތޭކަ ޕަސެންޓް ދިވެހި ކުންފުންްޏަކަށް ނުވާތީ ދިރާގު ޓީވީގެ ރީބްރޯޑްކާސްޓިން ލައިސެންސް އާ ނުކޮށްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުން މަޑުޖައްސައިލުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ދިރާގު ޓީވީއަށް ލައިސެންސް ނުދޭން ކޮމިޝަނުން ނިންމީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކަށް ރިއާޔަތްކޮށެވެ. އިސްލާހުގައިވާ ގޮތުން ސަތޭކަ ޕަސެންޓް ދިވެހި ކުންފުންްޏަކަށް ނޫނީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުލިބޭނެ އެވެ.

ދިރާގަކީ އެފަދަ ކުންފުންޏެއް ނޫނެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހުރެއިންގެ ބަޓެލްކޯ އެވެ. އެހެންވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސަށް ދިރާގު މިހާރު ޝަރުތު ހަމައެއް ނުވެ އެވެ.

ބްރޯޑްކޮމްގެ ނިންމުން އުވާލުމަށް އެދި ދިރާގުން ހުށަހަޅާފައިވާ މައްސަލާގައި، އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ފާހަގަކޮށްފައިވަނީ، އެފަދަ އަމުރެއް ނެތި، އެ މައްސަލަ ދެން ނިންމޭ ގޮތަކުން، ދިރާގުން އެތައް ފައިސާއެއް އިންވެސްޓްކޮށްފައިވާ ވިޔަފާރިއަށް އިޔާދަނުކުރެވޭ ވަރު ގެއްލުމެއް ވެދާނެ ކަމަށެވެ.

އަދި އެ ފަދަ އަމުރެއް ނެރުމުގެ ސަބަބުން ބްރޯޑްކޮމަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް؛

ބްރޯޑްކާސްޓިންގެ ލައިންސެންސް ދިރާގަށް ދޫކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ލައިސެންސް އަންނަ ޖެނުއަރީ މަހަށް ހަމަވެ އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެންމެ ފަހުން ގެނައި އެެ ބަދަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ގަރާރެއް ވެސް ހުށަހެޅުއްވި އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ގަވައިދުގެ މައްސަލަ ވެސް ވަނީ ހުށަހަޅާފަ އެވެ.

އެ ކޮމިޓީއަށް ހާޒިރުކުރުމުން ދިރާގުގެ ވެރިން ވިދާޅުވީ ގަވައިދަށް ކުއްލިއަކަށް ގެނައި އިސްލާހުގެ ބޭނުމެއް ނުވިސްނޭ ކަމަށާއި އެކަންވީ ސަޕްރައިޒަކަށް ކަމަށެވެ. އެ ކުންފުނިން ވަނީ ޓީވީގެ ހިދުމަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވޭތޯ އޮތްތޯ ބްރޯޑްކޮމްއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބުނެފަ އެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވި ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ވިދާޅުވި ގޮތުގައި 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ނޫނީ ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުލިބޭ ގޮތަށް ގަވާއިދުގައި ހިމަނާފައިވާ މާއްދާ އަކީ އެ ގަވައިދުގެ މަގުސަދާ ވެސް ހިލާފު މާއްދާއެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ބްރޯޑްކާސްޓިން ކޮމިޝަނުން، ރީބްރޯޑްކާސްޓްކުރުމާ ބެހޭ ގޮތުން އެކުލަވައިލާފައިވާ ގަވާއިދަކީ ، އެެބޭފުޅުންނަށް އެެ ގާނޫނުން ވެސް އަދި އެެ ބޭފުޅުން އެެ ލިއުއްވާފައި އޮތް ގަވައިދުން ވެސް [ބޭރުން]، އޭގެ ވެސް މަގުސަދުތަކާއި އެބޭފުޅުން އަމަލުކުރަމުން އެދާ ގާނޫނުގެ ވެސް މަގުސަދުތަކާ ވެސް ހިލާފަށް ހިމަނާފައިވާ މާއްދާއެއް،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެއީ އެ ކޮމިޓީގެ މެމްބަރުންގެ ސަމާލުކަމަށް ގެންނަން މުހިއްމު ކަމެއް ކަމަށް ވާތީ އެވެ.

އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ބްރޯޑްކޮމް އިން ގަވައިދަށް ގެނައި ބަދަލަކީ މިޒަމާނަށް ފެތޭ ގަވައިދެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރީބްރޯޑްކާސްޓްކުރާ ކޮންޓެންޓް، ރާއްޖޭގެ ދީނީ އަދި ސަގާފީ މިންގަނޑަށް ފެތޭ ގޮތަށް ކޮންޓްރޯލްކުރުމަކީ އެކަމަށް އެހެން ގަވައިދުތަކެއް ހަދައިގެން ވެސް ކުރެވިދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox