ސަރުކާރަށް އިންތިގެ ބޮޑެތި ތުހުމަތުތަކެއް؛ "ކުރަނީ ވައްކަމާއި ހިޔާނާތް، ވެރިކަމެއް ނޫން"

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ؛ އިމްތިޔާޒް ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި--- ފޮޓޯ: މަޖިލިސް

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ؛ އިމްތިޔާޒް ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި--- ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުން އަންނަނީ ވެރިކަމެއް ނޫން ކަމަށާއި ހިންގަމުން އަންނަނީ ވައްކަމާއި ހިޔާނާތް ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކުރައްވައިފި އެވެ.

މިހާރު މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ފޮނި އުންމީދުތަކަކާއެކު ފާސްކުރި ނަމަވެސް އަހަރު ނިމޭއިރު ބަޖެޓު ވެގެން ދަނީ ހަގީގަތާ ދުރު އެއްޗަކަށް ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ އަހަރުން އަހަރަށް ބަޖެޓު ބޮޑުވިނަމަވެސް ރައްޔިތުން ވަނީ އިތުރަށް ނިކަމެތި ކަމަށާއި ބަޖެޓު ހޭދަކުރަނީ ގާތް މީހުންނަށް ކަންކަން ކޮށްދިނުމަށް ކަމަށެވެ.

"ބަޖެޓުން ހޯދައިދޭ ހައްލަކީ ކޮބައިތޯ، ޑަސްޓްބިން އެބަ ކައި ޒުވާނުން، އަޅުގަނޑަކަށް ނުފެނޭ މިކަމެއް، ބަޖެޓުގެ އަދަދު ހެސްކިޔާފައި ބޮޑުކޮށް ޖަހަމުން އެބަދޭ،" އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ ބަޖެޓުގެ ޒަރީއާއިން ވިޔަސް އަދި އެހެނިހެން ގޮތަކުން ވެސް ގައުމެއްގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެވޭނީ އެ ތަނެއްގައި ކޮރަޕްޝަން ހުއްޓުވައިގެން ނަމަވެސް އެކަމަށް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

މިއީ ކޮރަޕްޝަންގެ ވާހަކަ ލަފުޒަކުން ބުނެލައިގެން ވާނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ދަނީ އަހަރަކަށް ވުރެ އަހަރެއް ދަށަށް ކަމަށާއި އެންމެ ފަހުގެ ރޭންކިންގައި ވެސް 10 ދަރަޖަ ދަށް ވެފައިވާ ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ އިތުރަށް ވިދާޅުވީ ކޮރަޕްޝަނަށް ދެނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނެ މޮޅެތި ވާހަކަ ދެއްކިނަމަވެސް މަންޒަރު ފެންނަނީ އެހެން ނޫން ކަމަށެވެ.

"ޒީރޯ ޓޮލަރެންސްގެ ބުރަދަނަކީ މިހާރު ޒީރޯ، ދެރަ މައްސަލައެއް، އެމްއެމްޕީއާރްސީގެ 3.2 ބިލިއަނުގެ ހިޔާނާތުގެ މައްސަލަ ބެލުމުގައި ޒީރޯ، ޒީރޯ އިނގޭތޯ އިއްޒަތްތެރި ރައީސް، މިއީ މި ސަރުކާރު އައި ފަހުން ފާޅުގައި ފެންނަން އޮތް ބޮޑު ހަގީގަތެއް، ވެންޓިލޭޓަރުގެ ބޮޑު ހިޔާނާތް، އެ މައްސަލަ ބެލުމުގައި ވެސް ޒީރޯ،" އިންތި ވިދާޅުވި އެވެ.

މިކަން މިގޮތަށް ހިންގުމަށް ޓަކައި, އެ ވާހަކަ އެންމެ ގަދައަށް ދައްކަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ސަރުކާރުގެ ރޭވުމުގެ މަތީން ބާކީކޮށް، ފުރައްސާރަ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޕާޓީގައި ތިބިހާ ރަނގަޅު ބަޔަކު އެކަހެރިކޮށްފައި މި ކުރަނީ ވެރިކަމެއް ނޫން، މި ކުރަނީ އެހެން ކަމެއް، ވެރިކަމެއް ނޫން މި ކުރަނީ، ލިބޭ ފުރުސަތެއްގެ ބޭނުން ހިފާލަނީ، ހިޔާނާތް ވަނީ، ވައްކަން ކުރުމަށް މި ފުރުސަތުގެ ބޭނުން ހިފަމުން މިދަނީ،" ވަރަށް ހިތްހަމަނުޖެހިވަޑައިގެން އިމްތިޔާޒް ވިދާޅުވި އެވެ.

މި ބަޖެޓުން ދިވެހި ރައްޔިތުންނަށް އެއްވެސް އުފަލެއް އަދި އުންމީދެއް ވެސް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox