ފަނޑިޔާރުންނަށް ފާރައެއް ނުލަން، އެ ތުހުމަތުގައި ސުވާލެއް ވެސް ނުކުރޭ: ފާއިޒް

ސުޕްރީމް ކޯޓުގެ އެސްޖީ ޑރ. ފާއިޒް؛ ފަނޑިޔާރުންނަށް ފާރަލި މައްސަލާގައި މަގާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ އެސްޖީ ޑރ. ފާއިޒް؛ ފަނޑިޔާރުންނަށް ފާރަލި މައްސަލާގައި މަގާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލި ކަމުގެ ތުހުމަތުގައި ސަސްޕެންޝަންގައި ހަތް މަސް ދުވަހު ބެހެއްޓުމަށް ފަހު، މަގާމުން ވަކިކުރި ނަމަވެސް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށް ޖަވާބުދާރީކޮށްފައިނުވާ ކަމަށް އެ ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ވިދާޅުވެއްޖެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނި ގޮތުގައި، އެ މަގާމުން އޭނާ ވަކިކުރަން ނިންމީ، އޭނާގެ އެ އަމަލަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފް އަމަލަކަށް ވާތީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ކަމަށް ބުނެ، ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭ ގޮތަށް އެ ކޯޓުގެ އެތެރޭގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް ފާއިޒް ނިންމައި އެކަން ތަންފީޒުކޮށްފައިވާ ކަމަށް ޑީޖޭއޭއިން ބުނެފައިވެ އެވެ.

ޑީޖޭއޭއިން ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން، ފާއިޒް ނެރުއްވި ބަޔާނެއްގައި ވަނީ ކެމެރާ ސިސްޓަމް ހަރުކޮށްފައިވާ ތަންތަން ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށެވެ.

އަދި ސެކްރެޓަރީ ޖެނެރަލްގެ ކޮޓަރީގައި ހަރުކޮށްްފައިވާ ކެމެރާތަކުގެ ލައިވް ފީޑްއަކީ ކޯޓުގެ އައިޓީ ރޫމުގައި ވެސް ލެވި، 24 ގަޑިއިރު އެތަނުގައި ޑިސްޕްލޭ ކުރެވިފައިވާ ފީޑެެއް ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.

އެސްޖީގެ ކޮޓަރީގައި ލައިވް ފީޑް ހުއްޓަސް އެއިން އެއްވެސް ކަމެއް ނާޖާއިޒު ގޮތެއްގައި ބޭނުން ކޮށްފައި ނުވާނެ ކަމަށާއި، އަދި ހާއްސަކޮށް ފަނޑިޔާރުންގެ ހަރަކާތްތައް ލައިވް ފީޑުން ބަލައި، ފާރަލުމުގެ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށް ވެސް ފާއިޒްގެ ބަޔާނުގައިވެ އެވެ.

"ފަނޑިޔާރުންނަށް ފަރާލީކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭ ގޮތުން މިހާތަނަށް އަޅުގަނޑާ އެއްވެސް ސުވާލެއް ކޮށްފައެއް ނެތެވެ. އަދި އަޅުގަނޑު ވަކިކުރަން އަންގައި ޑިޕާޓްމަންޓުން ފޮނުވާފައިވާ ނޯޓިސްގައި ވެސް ފަނޑިޔާރުންނަށް ފާރަލީ ކަމަށް ތުހުމަތުކޮށްފައެއް ނެތެވެ." ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ސިޔާސީ ލީޑަރެއްގެ މައްސަލައަކާ ގުޅިގެން އެ ލީޑަރާ އޭނާ ބައްދަލުކުރައްވާފައިވާ ކަމަށް ކުރެވޭ ތުހުމަތު ވެސް އިންކާރުކުރައްވާ ކަން ބަޔާނުގައިވެ އެވެ.

އެއީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން އޭރު އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި އޮތް ދުވަސްވަރެވެ. އެ ދުވަސްވަރު ޔާމީން އެއް ފަހަރު ކޯޓުން ފެނުނު ނަމަވެސް އެމަނިކުނާފާ އެއްވެސް މުއާމަލާތެއް ނުހިންގަވާ ކަމަށް ފާއިޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox