ރާއްޖޭގެ ފުރަތަމަ ޕުރިމިއަމް ފެން، ބިއްލޫރި ފުޅީގައި ބާޒާރަށް

ރޭ ކުރޮސް ރޯޑްސްގައި ކުރިއަށް ދިޔަ ހަފްލާގައި މިނިސްޓަރު ނަހުލާ "އާރޯ" ފެން ތައާރަފުކޮށްދެއްވަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ރޭ ކުރޮސް ރޯޑްސްގައި ކުރިއަށް ދިޔަ ހަފްލާގައި މިނިސްޓަރު ނަހުލާ "އާރޯ" ފެން ތައާރަފުކޮށްދެއްވަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ރާއްޖޭގެ ފުރަތަމަ ޕުރިއަމް ފެން، ބިއްލޫރި ފުޅީގައި ބަންދުކޮށް އެމްޑަބްލިއުއެސްސީން ބާޒާރަށް ނެރެން ފަށައިފި އެވެ.

"އާރޯ" ގެ ނަމުން ނަން ދީފައިވާ މި ފެން ބިއްލޫރި ފުޅީގައި ބަންދުކުރުމުގެ ބޭނުމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕުލާސްޓިކު މަދު ކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އެ ފެން ބާޒާރަށް ނެރޭނީ ފަސް ލީޓަރާއި 500 އެމްއެލް ބިއްލޫރި ފުޅީގަ އެވެ.

ކުރޮސްރޯޑްސްގައި ރޭ އެކަމަށް ހާއްސަކޮށް ބޭއްވި ހަފްލާގައި އާރޯ ބުރޭންޑު ތައާރަފުކޮށްދެއްވީ ޓުރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ސީރީޒްތަކެއްގެ ގޮތުގައި ބާޒާރަށް ނެރެން ހަމަޖެހިފައިވާ މި ފެނުގެ ފުރަތަމަ ތައާރަފު ކުރި ސީރީޒްގެ ލޭބަލުން ރަމްޒުކޮށްދެނީ ރާއްޖޭގެ ގުތުރަތީ ރީތިކަމެވެ. އެ ލޭބަލުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން ފަރުމާކޮށްފައިވަނީ މަޝްހޫރު ކުރެހުންތެރިޔާ އަލީ ޝިހާމް އެވެ. މޯލްޑިވްސް އިން އަ ބޮޓުލްގެ ނަމުން ނަން ދީފައިވާ މި ބުރޭންޑުގެ ހުރިހާ ސީރީޒްއަކުން ވެސް ރަމްޒުކޮށްދޭނީ ދިވެހިރާއްޖެ އެވެ.

titledesc

ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހު ވިދާޅުވީ މިއީ ރާއްޖޭގެ ރީތިކަން ފަތުރުވެރިންނަށް އިޝްތިހާރުކުރުމަށާއި، ދިވެހިންނަށް ލިބިފައިވާ ގުދުރަތީ ވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ބެލެހެއްޓުމަށް ހޭލުންތެރިކަން އުފެއްދުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި އާރޯ ފެނަކީ ބޭރުގެ ފެން އުފައްދާ ކުންފުނިތަކާ ވެސް އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްލެވޭ ވަރުގެ ފެނަކަށް ވާނެ ކަމަށެވެ.

ފުޅީގައި ރާއްޖޭގެ ހާއްސަ ތިންކަމެއް ސިފަކޮށްދީފައިވޭ. ރާއްޖޭގެ ސްލޯގަން ދަ ސަނީ ސައިޑް އޮފް ލައިފް؛ ސަން، ސޭންޑް، އެންޑް ސީ." ޝާހު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު، އެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިފަދަ އުފެއްދުންތައް ބާޒާރަށް ނެރެގެން ކަމަށެވެ.

އާރޯ ފެން ގަންނަން ބޭނުންވާ ފަރާތްތަކުން 7960022 އަށް ގުޅައިގެން ނުވަތަ aro.mv އަށް ޒިޔާރަތްކޮށްލައިގެން ވެސް އޯޑަރު ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox