އިންޑިއާ އައުޓް ހަރަކާތެއް ކޮންޓްރޯލް ކުރަން ނެރުނު ފުލުހުންގެ މައުލޫމާތު ހާމަ ކުރުން މަޑުޖައްސާލުމަށް އަމުރުކޮށްފި

Nov 6, 2022, 3:01 PM
ޕީޕީއެމުން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން: އެ ކެމްޕެއިން ހިންގުން ރައީސް ސޯލިހުގެ ރިޔާސީ ގަރާރަކުން އޮތީ މަނާކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޕީޕީއެމުން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން: އެ ކެމްޕެއިން ހިންގުން ރައީސް ސޯލިހުގެ ރިޔާސީ ގަރާރަކުން އޮތީ މަނާކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ބޭއްވި "އިންޑިއާ އައުޓް" ހަރަކާތެއް ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ހާމަ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރި އަމުރަށް އަމަލު ކުރުން މަޑުޖައްސާލުމަށް މިއަދު ހައި ކޯޓުން އަންގައިފި އެވެ.

ދިޔަރެސް ނޫހުގެ އިސް ފަރާތެއް ކަމަށްވާ އަހުމަަދު އަޒާން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި އަޒާން އެދުނު މައުލޫމާތު ދިނުމަށް އެންގުމުން އެ މައްސަލަ އިސްތިއުނާފު ކުރީ ފުލުހުންގެ ފަރާތުންނެވެ.

އެ މައްސަލައިގައި ހައި ކޯޓުން މިއަދު ނެރުނު ނިންމުން ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރުގައި ބުނެފައި ވަނީ، އެ މައްސަލަ އެ ކޯޓުން ބަލައި ނިންމުމުގެ ކުރިން ހާމަ ކުރަން ބުނި ފުލުހުންގެ މައުލޫމާތު ހާމަކޮށްފި ނަމަ އެ އިދާރާއަށް އިއާދަނުކުރެވިދާނެ ގެއްލުމެއް ލިބިދާނެ ކަމަށް ކޯޓަށް ފެންނަ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި އެއްވެސް ސިފައެއްގައި ތިބުމާ ދެކޮޅަށް އަދި އިންޑިއާއާއެކު ދިވެހި ސަރުކާރުން ބާއްވާ ގުޅުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވައިފަ އެވެ.

އެ ގަރާރުގެ ފަހުން، އިންޑިއާ އައުޓްގެ އެއްވެސް ހަރަކާތެއް ހިންގުމުގެ ޖާގަ ފުލުހުން ނުދެ އެވެ. އަދި ސަރުކާރުން ދަނީ، އިންޑިއާ އައުޓް ފަދަ ކެމްޕެއިނުތައް ހިންގުން މަނާ ކުރުމުގެ މަގްސަދުގައި ގާނޫނެއް ފާސްކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ބުނަނީ އިންޑިއާ އައުޓް ހަރަކާތަކީ ދެގައުމުގެ ގުޅުން ކިލަނބުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox