ހުލާސާކޮށް އިއްޔެ: ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ބޭއްވުން

Nov 6, 2022, 1:03 AM
ޕީޕީއެމްއިން އިއްޔެ ބޭއްވި އިންތިހާބުގެ ވޯޓުލުން ހެންވާރު ދަނޑުގައި ކުރިއަށް ދަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީޕީއެމްއިން އިއްޔެ ބޭއްވި އިންތިހާބުގެ ވޯޓުލުން ހެންވާރު ދަނޑުގައި ކުރިއަށް ދަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީޕީއެމްގެ ބައެއް ދާއިރާތަކުގެ ރައީސް، ދާއިރާތަކުގެ ނައިބު ރައީސް، ދާއިރާތަކުގެ ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމު އަދި އަންހެނުންގެ ގޮފީގެ ރައީސް ހޮވުމަށް އިންތިހާބު ބޭއްވީ އިއްޔެ އެވެ.

އެ އިންތިހާބުގެ މައިގަނޑު އެއް އަމާޒަކީ 2023 ގައި ބާއްވާ ރިޔާސީ އިންތިހާބާ ހަމައަށް ޕީޕީއެމް އާއި އިދިކޮޅު ކޯލިޝަން ވަރުގަދަކޮށް، ހަރުދަނާ ކުރުމެވެ.

އިއްޔެގެ އިންތިހާބު ކުރިއަށް ދިޔަ ވަގުތު އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މީޑިއާއާ ބައްދަލުކުރައްވައި އެމްޑީޕީ އަށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްއިން ބޭއްވި އިންތިހާބަކީ ނަމޫނާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމް، ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށާއި އެއީ އިންތިހާބުގައި އިންޑިއާ ބަލިކުރުން ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުން ދައްކުވައިދެނީ މިހާރު އޮތް ސިޔާސީ މިނިވަންކަން ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ވެސް އިއްޔެ އެވެ.

"ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް. މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތު. ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން،" އިންތިހާބަށް މަރުހަބާ ކިޔަމުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީން ބޭއްވި އެތެރޭގެ ބައެއް އިންތިހާބުތަކަށް ފުލުހުން ފޮނުވައިގެން ހުއްޓުވި އެވެ. އެގޮތުން، 2018 ވަނަ އަހަރު އެ ޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށިތައް ގަދަކަމުން ޖަހައިގެނެ އެ އިންތިހާބަށް އޭރު ހުރަސް އެޅި އެވެ.

މުހިންމު ބައެއް ހަބަރު

  • މިސްރުގައި ފަށާ އދ.ގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާބެހޭ ކޮންފަރެންސް، ކޮންފެރެންސް އޮފް ދަ ޕާޓީޒް ނުވަތަ "ކޮޕް 27" ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސްރީ ލަންކާގެ ވަފުދުގެ މެމްބަރެއްގެ ގޮތުގައި އެ ގައުމު ތަމްސީލު ކުރެއްވުމަކީ ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ އިއްޔެ އެވެ.

  • އިނގިރޭސިވިލާތަށް ރާއްޖޭން އެކްސްޕޯޓުކުރާ ކަނޑުމަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ކަމަށް ރިޕޯޓްކުރީ އިއްޔެ އެވެ.
  • ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގާ ޓޫރިޒަމް ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ރާއްޖޭގައި ހިންގާ ގެސްޓުހައުސްތަކަށް އޮންނަ ޑިމާންޑަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
  • ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޖެހި ގޯލުން 2-1 އިން މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) ބަލިކޮށް، ޓީމު ފެނަކަ އިން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ރޭ ހޯދި އެވެ.

ދުވަހުގެ ކޯޓޭޝަން

ލަންކާގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފައިވާތީ އެކަން ކުށްވެރި ކުރައްވައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ؛

އެއީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ. ދައުލަތުން ބާރު ދީފައި، މުޅި ރައްޔިތުން ތަމްސީލު ކުރައްވާން ހުންނެވި ބޭފުޅެއް. އެހެން ގައުމެއްގެ ފަހަތު ސީޓުގައި އިންނެވުމަށް ވަޑައިނުގެންނެވޭނެ. އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް. ލަދުވެތި ކަމެއް،"

ދުވަހުގެ ފޮޓޯ

ކްލަބް މޯލްޑިވްސް ކަޕްގެ ރޭ ބޭއްވި ފައިނަލް މެޗްގައި
ކްލަބް މޯލްޑިވްސް ކަޕްގެ ރޭ ބޭއްވި ފައިނަލް މެޗްގައި

ކްލަބް މޯލްޑިވްސް ކަޕްގެ ރޭ ބޭއްވި ފައިނަލް މެޗްގައި މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) ބަލިކޮށް، ޗެމްޕިއަންކަން ހޯދި ޓީމު ފެނަކައިގެ ކުޅުންތެރިން ޓްރޮފީއާއެކު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox