ޔާމީން ވިދާޅުވީ ބަޖެޓު ބޮޑު ނަމަވެސް އެ ހުރިހާ ފައިސާ ހަރަދު ކުރާނެ ވަގުތު ސަރުކާރަށް ނުލިބޭނެ ކަމަށް

އިދިކޮޅު ކެންޑިޑޭޓް ޔާމީން : އެމަނިކުފާނު މިރޭ ވަނީ ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް ފާޑުވިދާޅުވެފާ -- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ކެންޑިޑޭޓް ޔާމީން : އެމަނިކުފާނު މިރޭ ވަނީ ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް ފާޑުވިދާޅުވެފާ -- ފޮޓޯ: ޕީޕީއެމް

އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ބޮޑު ނަމަވެސް އެ ފައިސާ ހަރަދު ކުރާނެ ވަގުތު ސަރުކާރަށް ނުލިބޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ބަޖެޓުގައި ބޮޑު އަދަދުތައް ޖެހިޔަސް އެއީ ހުރި ފައިސާއެއް ނޫން ކަމަށެވެ.

"[އަންނަ އަހަރު] އެންމެ އަވަހަށް ލާރި ލިބުނަސް ލިބެން ފަށާނީ އެޕްރީލް މަހުގެ ތެރޭގައި. ދެން މީ ރިޔާސީ އިންތިހާބު އޮންނަ އަހަރު، ގާނޫނު އަސާސީ ބުނާގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ހޮވިފަ ހުރި ރިޔާސީ ކެންޑިޑޭޓެއް ދައްކަން ޖެހޭނެ. ދެން އެދެމެދު އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި 42 ބިލިއަން ރުފިޔާ ހޭދަ ކުރެވޭނެ ގޮތަކީ ނެތް ގޮތެއް،" ޔާމީން ވިދާޅުވި އެވެ.

ހަތަރު މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓުތައް ހިންގުން ޔާމީން ސިފަ ކުރެއްވީ ނުވާނެ ކަމެއްގެ ގޮތުގަ އެވެ. އަދި އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ރައްޔިތުން "ގުނބޯ ހައްދަން" ހުށަހެޅި ބަޖެޓެއް ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"ބަޖެޓުގެ ވާހަފުޅުދައްކަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނެ ވާހަކައަކީ ރައްޔިތުން ގުނބޯ ހައްދަން އުޅުއްވާ އެއްޗެއް ނޫނޭ. ތި ފައިސާއަކީ ލިބޭނެ ފައިސާއެއް ނޫނޭ. ތި ފައިސާ ހޭދަ ކުރަން މި ލިބެނީ ގިނަވެގެން ހަތަރު މަސްދުވަސް. ހަތަރު މަސް ތެރޭ ތަނަކުން މުދާ އުފުއްލާވެސް ނުނިންމޭނެ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox