ސިޔާމާއެކު ހެދި ކޯލިޝަންގެ ތަޖުރިބާ ޔާމީނަށް ހިތި؛ "ދެން އެންމެ އަތޮޅެއް ވެސް ދުލެއް ނުކުރާނަން"

ކުުރީގެ ރައީސް އަބްދުﷲ ޔާމީން، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއެކު-- ފޮޓޯ: ރައީސް އޮފީސް ފައިލް

ކުުރީގެ ރައީސް އަބްދުﷲ ޔާމީން، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއެކު-- ފޮޓޯ: ރައީސް އޮފީސް ފައިލް

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއެކު ހެދި ކޯލިޝަނުގެ ތަޖުރިބާ ހިތި ކަމަށާއި މީގެ ފަހުން އެއްވެސް އިންތިހާބެއްގައި ނ. އަތޮޅާއި ދ. އަތޮޅު އެ ޕާޓީއަށް ދޫކޮށްނުލާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މީގެ ކުރިން ނ. އަތޮޅާއި ދ. އަތޮޅު އޮތީ މުޅިން ޕީޕީއެމުން ދޫކޮށްލާފައި ކަމަށެވެ.

"އެއީ އަޅުގަނޑުމެންނާއި އެމްޑީއޭއާ އޮތް ވަރުގަދަ އެގްރީމެންޓެއްގެ ދަށުން، އެހެންނަމަވެސް އެމްޑީއޭއިން ވެސް އަޅުގަނޑުމެންގެ ހައްގުތައް މި ދާއިރާތަކުގައި ހިމާޔަތްކުރުމަށް ވުރެ ބޮޑަށް މަސައްކަތް ކުރައްވާފައި އޮތީ އެމްޑީއޭ ވަރުގަދަކުރުމަށް،" ޔާމީން ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި "އިތުރު ގޮތެއް ނެތިގެން" ބަޔަކާއެކު އެގްރީމެންޓު ހެދިކަމުގައިވީ ނަމަވެސް، ދެން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް އަދި ކައުންސިލް ގޮނޑިއެއް ހޯދުމަށް ވެސް ކޯލިޝަން ނުހަދާނެ ކަމުގައި ޔާމީން ވިދާޅުވި އެވެ.

ސިޔާމަށް ފާޑުވިދާޅުވަމުން ޔާމީން އިތުރަށް ވިދާޅުވީ އަތޮޅު ބެލެހެއްޓުމަކީ "ގަވަރުނަރަކު ލައިގެން އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް" ނޫން ކަމަށެވެ.

"އޭގެ ހިތި އަޅުގަނޑުމެން ތަޖުރިބާ ކުރަމުން މިދަނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ 19 މަޖިލީހުގައި އެމްޑީޕީއަށް ސުޕަމެޖޯރިޓީ ލިބުނީ ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސަބަބުން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފަ އެވެ.

"އަޅުގަނޑުމެންނާއެކީ ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެގެން އެތައް ވާހަަކައެއް ދައްކައިގެން އަޅުގަނޑުމެން ދާއިރާތަކެއް ދޫކޮށްލީ، އެ ދާއިރާތައް ދޫކޮށްލީމާ އޭގެ ނަތީޖާއަކަށްވީ ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑި ލިބުނީކީ ނޫން،" ޔާމީން ވިދާޅުވި އެވެ.

އެއީ "މަޖުބޫރީ ހާލަތުގައި" ކުރެއްވި ކަމެއް ނަމަވެސް އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން ޔާމީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސިޔާމާއެކު ކޯލިޝަން ހަދާފާނެ ފަދަ އިޝާރާތެއް ދެއްވާފަ އެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެމްޑީއޭއާ އެކު ކޯލިޝަން ހަދަންޖެހޭ ހިސާބަށް ގޮސްފިނަމަ އެކަން ނިންމާނީ އެ ޕާޓީގެ ސެނެޓުން ކަމަށެވެ.

""ސިޔާމަކީ އަޅުގަނޑުގެ ހަމަ ވަރަށް ގާތް ބޭފުޅެއް. އެހެންވީމަ ކޯލިޝަން ހަދަން ޖެހޭ ހިސާބަށް ގޮސްފި ކަމަށް ވަންޏާ އެމްޑީއޭ އަޅުގަނޑުމެން ރޫލް އައުޓެއް ނުކުރާނަން،" ޔާމީން އެއިރު ވިދާޅުވެފައިވެ އެވެ.

ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ސިޔާމާއެކު ކޯލިޝަން ހައްދަވައިގެންނެވެ. ވެރިކަން ނިމެންދެން އެ ކޯލިޝަން ދެމިއޮތް ނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާފައިނުވެ އެވެ. އަދި އެއީ އެމްޑީއޭގެ ނިންމުމެއް ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox