ލެސްޓާ މެޗަށް ވެސް ހާލަންޑް ފިޓުވާނެކަމުގެ ޔަގީންކަމެއް ގާޑިއޯލާ އަކަށް ނެތް

Oct 26, 2022, 10:42 AM
ލެސްޓާ މެޗަށް ވެސް ހާލަންޑް ފިޓުވާނެކަމުގެ ޔަގީންކަމެއް ގާޑިއޯލާ އަކަށް ނެތް

ޑޯޓްމަންޑް (އޮކްޓޫބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް މެންްޗެސްޓާ ސިޓީގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑް ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ސިޓީއާ ޑޯޓްމަންޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ހާލަންޑަށް ވަނީ އަނިޔާގެ މައްސަލައެއް ކުރިމަތިވެފަ އެވެ. މެޗުގެ ހާފް ޓައިމްގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ހާލަންޑަށް ކުރިމަތިވި އަނިޔާގެ މާބޮޑު ތަފްސީލެއް މި ވަގުތު ނެތް ކަމަށާއި ލެސްޓާ މެޗަށް ފިޓުވާނެ ކަމުގެ ޔަގީންކަން މި ވަގުތު ދެވެން ނެތް ކަމަށެެވެ.

"މެޗަށް ފަހު އޭނާ ދުވެލިއިރު ތަދުނުވާ ކަމަށް ބުނަނީ. އެކަމަކު ހިނގާބަލާ ވާ ގޮތެއް،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ މެޗަށް ނުކުތްއިރު ވެސް ހާލަންޑް ހުރީ ހުން އައިސްފައި ކަމަށެވެ. އެހެންކަމުން، އޭނާ ދެ ވަނަ ހާފުގައި ބަދަލުކުރަން ނިންމީ މެޑިކަލް ސްޓާފުންގެ ލަފަޔާއެއްކޮށް ކަމަށެވެ. އަދި ހާފްޓައިމްގައި ބަދަލުކުރި ޔާއޯ ކަންސެލޯ ވެސް ހުރީ ހުން އައިސްފައި ކަމަށެވެ.

"މެޑިކަލް ޓީމާ ވާހަކަދެއްކުމުން އެމީހުންގެ ވެސް ކަންބޮޑުވުންތަކެއް ހުރީމަ އަހަރެން ނިންމީ އޭނާ ބަދަލުކުރަން،" ގާޑިއޯލާ ބުންޏެވެ.

މި ސީޒަނުގައި ޑޯޓްމަންޑް ދޫކޮށް ސިޓީ އަށް ބަދަލުވެފައި، މިހާތަނަށް ކުޅުނު 16 މެޗުން ހާލަންޑް ވަނީ 22 ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު، ސިޓީ ވަނީ ގުރޫޕްގެ އެއް ވަނަ މަގާމު ކަށަވަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox