ށ. އަތޮޅު ފަޅުރަށެއް ކައިރިއަށް ފީނަންގޮސް އުޅުނު މީހަކު މަރުވެއްޖެ އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ށ. ގޮނާފަރު ކައިރިއަށް ޑައިވް ކުރަންގޮސް އުޅުނިކޮށް މަރުވެފައިވަނީ ރ. އުނގޫފާރު އަށް ނިސްބަތްވާ އަބްދުﷲ ސާދިގު، 22 އެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދު މެންދުރުފަހު 3:00 ހާއިރު ށ. އަތޮޅުގައި ފީނަން ގޮސް އުޅުނު ޒުވާނަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން ސޯދިގު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ 4:15 ހާއިރު ކަމަށާއި ފަރުވާ ދިނުމަށް ށ. ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.












